ފަލަސްތީނާ ދެކޮޅަށް މީސް މީޑިއާގައި ހިޔާލުފާޅުކުރި އިންޑިއާ ޓީޗަރަކު ށ. ޅައިމަގުން ބޭރުކޮށްލައިފިއެވެ.
ޅައިމަގުން ބޭރުކޮށްލާފައިވަނީ އެ ސްކޫލްގައި ކެމިސްޓްރީ ކިޔަވައިދެމުން ގެންދާ އިންޑިއާއަށް ނިސްބަތްވާ ފިރެހެން ޓީޗަރެކެވެ.
ޅައިމަގު ކައުންސިލްގެ ރައީީސް އާދަމް އަޒުމީރު ވިދާޅުވެފައިވަނީ، ރޭ ދަންވަރު 2:30 ހާއިރު އެ ޓީޗަރު އެ ރަށުން ބޭރުކޮށްފައިވާ ކަމަށާއި އޭނާ ފޮނުވާލާފައި ވަނީ ފުނަދޫއަށް ކަމަށެވެ.
އަދި އެ ޓީޗަރު ރަށުން ބޭރުކުރިއިރު ހުރީ އެ ރަށުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހަކާއި ކޮންޓެކްޓް ވެގެން ކަރަންޓީނުގައި ކަމަށް އާދަމް އަޒުމީރު ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވެފައިވަނީ އެ ޓީޗަރު އެ ރަށުގައި ހުންނަށް ރައްޔިތުން ބޭނުން ނުވުމާއި ގުޅިގެން އޭނާ ބާލާފައިވަނީ ފުލުހުންގެ ރައްކާތެރިކަމާއެކުގައި ކަމަށެވެ.
އިސްރާއީލަށް ތާއީދުކޮށް މީސް މީޑިއާގައި ހިޔާލު ފާޅުކުރުމުން، ހދ. ހަނިމާދޫ ސްކޫލްގެ އިންޑިއާ ޓީޗަރަކު ވެސް ވަނީ ވަޒީފާއިން ވަކިކޮށް ޤައުމަށް ފޮނުވާލައިފައެވެ.



