އުމުރުން 9، 10، 11، އަދި 12 އަހަރުގައި، 19 އަހަރުގެ ދެބެންގެ ދެދަރި ބޭބެއަކި ރޭޕްކުރިކަމަށް، މަޝްހޫރު ޓީވީ ހޯސްޓް އޮޕްރާ ވިންފްރީ ހާމަކޮށްފިއެވެ.
އޮޕްރާ މި ވާހަކަ ކިޔައިދީފައި މިވަނީ، އެޕަލް ޓީވީ ޕްލަސް އިން ގެނެސްދެމުން އަންނަ "ދަ މީ ޔޫ ކާންޓް ސީ"ގެ އެޕިސޯޑެއްގައި ވާހަކަ ދައްކަމުންނެވެ. މި އެޕިސޯޑަކީ ކުޑައިރު ޖިންސީ ފުރައްސާރައާއި ކުރިމަތިވި މީހުންގެ ވާހަކަތަކަށް ހާއްސަކޮށްގެން ގެނެސްދިން އެޕިސޯޑެކެވެ.
ރޮވިފައި އިނދެ މި ވާހަކަތައް ހިއްސާކުރުމުން އޯޕްރީ ބުނީ، އޭރު ރޭޕަކީ ކޯއްޗެއްކަން ނުވެސް އިނގޭކަމަށެވެ. އަދި ރޭޕްވި ވަގުތު އެވަނީ ކީއްކަމެއްކަން ނުވެސް އިނގޭކަމަށެވެ.
މީގެ އިތުރުން، އޯޕްރާ މަންމަގެ ލޯބިވެރިއެއްގެ ފަރާތުންވެސް ޖިންސީ ފުރައްސާރަ ކުރިމަތިވިކަން އޯޕްރާ ވަނީ ހާމަކޮށްފައެވެ.




