މޮގަދިޝޫއަށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި 8 މީހަކު މަރުވެއްޖެ

ސޯމާލިޔާގެ ވެރިރަށް މޮގަދިޝޫއަށް ދިން ކާރު ބޮމުގެ ހަމަލާއެއްގައި އަށް މީހުން މަރުވެއްޖެއެވެ.

މި ހަމަލާ ދީފައިވަނީ ރައީސް އުޅުއްވާ ގެކޮޅު ކައިރީގައި ހުންނަ ޗެކުޕޮއިންޓެއް ކައިރީގައެވެ. ހަމަލާގައި އަށް މީހުން މަރުވުމުގެ އިތުރުން 16 މީހުން ޒަހަމް ވެފައިވެއެވެ.

ހަމަލާގެ ޒިންމާ ނަގައިފައިވަނީ ސޯމާލިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތެއް ކަމުގައިވާ އަލް ޝަބާބެވެ. 2007 ވަނަ އަހަރުން ފެށިގެން އަލް ޝަބާބު ޖަމާއަތުން އަންނަނީ ސޯމާލިއާގެ ސަރުކާރާއި ދެކޮޅަށް ހަމަލާތައް ދެމުންނެވެ.

ސޯމާލިއާގައި މިހާރު އޮތް ސަރުކާރަކީ އެފްރިކަން ޔޫނިއަންގެ ފުރިހަމަ ތާއީދާ އެކު އެކުލަވާލެވިފައި އޮތް ސަރުކާރެކެވެ. އަދި ސޯމާލިއާގެ ސަލާމަތީ ކަންކަން ބަލަހައްޓަން 20،000 އެފްރިކަން ޔޫނިއަން ސިފައިންގެ ފައުޖެއް ސޯމާލިއާގައި ހަރަކާތްތެރި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ