އިނގިރޭސި ވިލާތުގެ ޑްރަގް ޑީލަރެއް ޗީޒް ފޮއްޗެއް ހިފަހައްޓައިގެން ހުރެ ނެގި ފޮޓޯއެއްގެ ސަބަބުން، ފުލުހުން އޭނާގެ ފިންގާޕްރިންޓް ބޭނުންކޮށްގެން ހައްޔަރުކޮށްފިއެވެ.
ހައްޔަރުކޮށްފައިވަނީ އިންގްލޭންޑްގެ ލިވަޕޫލްއަށް އުފަން 39 އަހަރުގެ ކާލް ސްޓިވާޓެވެ.
ފުލުހުން ބުނެފައިވާގޮތުގައި ޕޮޓޯއިން ފެންނަ އަތާއި ފިންގާޕްރިންޓް އެނަލައިޒް ކޮށްފައިވާ ކަމަށާއި އަދި އެ ފިންގާޕްރިންޓް ދިމާވާކަމަށެވެ.
އަދި މި ފޮޓޯ ފޮނުވާފައިވަނީ އެންކްރިޕްޓް މެސެޖް ފޮނުވައިދޭ ވަސީލަތެއް ކަމަށްވާ "އެންކްރޯޗެޓް" މެދުވެރިކޮށް ކަމަށާއި މަސްތުވާތަކެތި ވިއްކުމަށް ބޭނުންކޮށްފައިވާ ބަހަކީ "ޓޮފީފޯސް" ކަމަށް ފުލުހުން ބުނެފައިވެއެވެ.
ކޮކެއިން އަދި ހެރޮއިންގެ ވިޔަފާރި ކުރިކަމަށް ކާލް ސްޓިވާޓް އެއްބަސްވުމާއި ގުޅިގެން އޭނާ ވަނީ 13 އަހަރަށް ޖަލަށް ލުމަށް ހުކުމް ކޮށްފައެވެ. މިކަމުން އޭނާ އަށް ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދު ކުރާކަމަށް ފުލުހުން ބުނެފައިވެއެވެ.
އެންކްރޯޗެޓް މެދުވެރިކޮށް މަސްތުވާތަކެތީވެ ވިޔަފާރި ކުރާ 60،000 އަށް ވުރެ ގިނަ މީހުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެނެގަނެވިފައިވާއިރު އިނގިރޭސިވިލާތުގައި އެންކްރޯޗެޓް ބޭނުންކުރާ 10،000 ވުރެ ގިނަ މީހުން ދެނެގަނެވިފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.



