ޕާކިސްތާނަށް ނިސްބަތްވާ ޒާހިރު ޖަދޫން ނަމަކަށް ކިޔާ ފިރިހެނަކު ބްރިޓިޝް ލޯ ސްކޫލްއިން މި މަހު ކުރީ ކޮޅު ގްރެޖުއޭޓްވި ދަރިވަރެއްކަމުގައިވާ މައިރާ ޒުލްގާފިރް ގަޔަށް ބަޑި ޖަހާ މަރާލިކަމަށް އެއްބަސްވެއްޖެއެވެ.
26 އަހަރުގެ މި ފިރިހެން މީހާ މި ކުއްޖާ މަރާލީ، އޭނައާއި އިންނަން އެއްބަސް ނުވުމުން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.
މި އަންހެން ކުއްޖާ ބަޑިޖަހާ މަރާލާފައި އޮއްވާ ފެނުނީ އޭނާ އުޅޭ އެޕާރޓްމެންޓް ތެރެއިންނެވެ. އޭނާގެ ކަރަށާއި ކޮނޑަށް ވަނީ ބަޑިޖަހާފައެވެ.
މި ކަމަށް އެންމެ ޝައްކު ކުރެވޭ މީހާކަމަށްވާ ޖަދޫން އެކަން ކުރި ކަމަށް އިޢުތިރާފް ވެފައި ވާކަމަށް ޕޮލިހުން ބުނެއެވެ. ސާދު ބަޓް ނަމަކަށް ކިޔާ 28 އަހަރުގެ މީހަކުވެސް މި ކަމަށް ޝައްކު ކުރެވޭކަމަށާއި އަމިއްލައަށް ޕޮލިހަށް ގޮސްފައިވާކަމަށް ކަމަށް ރިޕޯޓު ތަކުން ބުނެއެވެ.



