އެރިއާނާ ގްރާންޑޭގެ ކައިވެނީގެ ފޮޓޯތައް ދައްކާލައިފި!

27 އަހަރުގެ މަޝްހޫރު ލަވަކިޔުންތެރިޔާ އެރިއާނާ ގްރާންޑޭ އާއި އޭނަގެ ލޯބިވެރިޔާ ޑެލްޓަން ގޮމޭޒް، ކައިވެނިކޮށްފިކަން ކަށަވަރުކޮށްދީފިއެވެ.

އެރިއާނާ އާއި އޭނަގެ ލޯބިވެރިޔާ ކައިވެނިކޮށް، ސިއްރުން ކައިވެނީގެ ހަފްލާ ބާއްވައިފިކަމަށް ބުނެ މި މަހުގެ ކުރީކޮޅުން ފެށިގެން މީޑިއާގައި ހަބަރުތައް ވަނީ ތިލަވެފައެވެ. އޭރިއާނާގެ ރިޕްރެސެންޓޭޓިވް އަކު މި ވާހަކަތައް މިދިޔަ ހަފްތާގައި ކަށަވަރުކޮށްދީފައިވާއިރު، ކައިވެނި ހަފްލާގެ ފޮޓޯތަކެއް ހިއްސާކޮށް، އެރިއާނާވެސް މިވަނީ މި ހަބަރު ފޭނުންނަށް ޔަޤީންކޮށްދީފައެވެ.

ސިއްރުން ބޭއްވި މި ކައިވެނި ހަފްލާގެ ފޮޓޯތައް އެރިއާނާގެ އިންސްޓަގްރަމް ގައި ހިއްސާކޮށްފައިވާއިރު، ގިނަ ފޭނުންތަކެއް އަންނަނީ މި ދެމަފިރިންނަށް މަރުހަބާގެ މެސެޖުތައް ފޮނުވަމުންނެވެ. އަދި އެރިއާނާ އިންސްޓަގްރަމްގައި ހިއްސާކޮށްފައިވާ މި ފޮޓޯތަކަށް ދިހަ މިލިއަނަށްވުރެ ގިނަ ލައިކްސް ވަނީ ލިބިފައެވެ.

މީގެ އިތުރުން، އެރިއާނާ ވަނި އެމީހުން ކައިވެނި ކުރި ތާރީހްވެސް ހާމަކޮށްފައެވެ. އެގޮތުން އިންސްޓަގްރަމްގައި އޭނާ ހިއްސާކުރި ކައިވެނި ހަފްލާގެ ފޮޓޯތަކުގެ ކެޕްޝަންގައި، "5.15.21" މިހެން ލިޔެފައިވެއެވެ.

މި ސިއްރު ކައިވެނި ހަފްލާ ބާއްވާފައިވަނީ، ކެލިފޯނިއާގެ މޮނެޓެސިޓޯ ގައި ހުންނަ އެރިއާނާގެ އަމިއްލަ ގޭގައެވެ. ކައިވެނި ހަފްލާއަށް ހުދުކުލައިގެ ވެޑިން ޑްރެސް އެއް އޭރިއާނާ ލާފައިވާއިރު، އޭނަގެ ފެނިގެންދިޔައީ އޭނަގެ ސިގްނޭޗަރ ލުކް ކަމުގައިވާ، ކެޓް އައިލައިނާ އާއި ޕޯނީ ޓެއިލް ގައެވެ.

އޭރިއާނާގެ ގިނަ ފޭނުންތަކެއް އޭނާއަށް މަރުހަބާ ކިޔަމުން އަންނައިރު، އާއިލާ މެންބަރުންނާއި ރައްޓެހިން އަދި ސެލެބްރިޓީންވެސް އޭނާއަށް ވަނީ މަރުހަބާ ކިޔައިފައެވެ.

 

އޭރިއާނާ އާއި ޑެލްޓަން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު، އެންގޭޖްވި ހަބަރު އިއުލާންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ތެރޭގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ