ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި ކޯޓުން ނެރުއްވި އަމުރުތަކާއި ޚިލާފަށް ދަޢުލަތް ހިންގަވާފައިވީނަމަވެސް، އިބޫގެ ސަރުކާރުން ކޯޓުން ނެރޭ ކޮންމެ އަމުރަކަށް ފުރިހަމައަށް ތަބާވާނެކަމަށް މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އަލްހާން ފަހުމީ މިހެން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.
ރައީސުލް ޖޫމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙްއަކީ ސިޔާސީ ތަޖުރިބާ ބޮޑު ދޮށީ ބޭފުޅެއްކަމަށްވެސް އަލްހާންވަނީ ވިދާޅުވެފައެވެ. އަލްހާންއަކީ އެމްޑީޕީއާއެކު އިސްލާހީ ގިނަ މަސައްކަތުގައި ބައިވެރިވެފައިވާ، ފާހަގަކޮށްލެވޭ ޒުވާން ލީޑަރެކެވެ.
ރައީސް @ibusolih އަކީ ސިޔާސީ ތަޖުރިބާ ބޮޑު ދޮށީ ބޭފުޅެއް!
— ALHAN FAHMY ?? (@AlhanFahmy) June 16, 2019
ރައީސް ނަޝީދުގެ ވެރިކަމާ އިބޫސަރުކާރު ތަފާތުވާނެ!
ޗާޓުން ބޭރަށް ކޯޓުގެ އަމުރާ ޚިލާފަށް ދައުލަތެއް ނުހިންގަވާނެ! pic.twitter.com/SYbTOLLYWc
"ރައީސް ނަޝީދު ވެރިކަމާއި އިބޫ ސަރުކާރު ތަފާތުވާނެ. ޗާޓުން ބޭރުން ކޯޓުގެ އަމުރާ ޚިލާފަށް ދަޢުލަތެއް ނުހިންގަވާނެ" އަލްހާން ވިދާޅުވިއެވެ.
އަލްހާން ފަހުމީ މިހެން ވިދާޅުވެފައި މިވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަލައިނުގަތުމަކީ އެމްޑީޕީ ނިންމާފައިވުމާއި ގުޅިގެންނެވެ.
އަދި އެމައްސަލައަކީ ޒާތީ ހަސަދައެއް ފިލުވާލުމަށާއި ޝަރުއީ ނިޒާމު ފުނޑާލުމަށް ހިންގަމުންދާ ޢަމަލުތަކެއް ކަމަށް އިިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ރޭ ނެރުނު ނޫސް ބަޔާނެއްގައިވެއެވެ.
އަނެއްކޮޅުން މިދަނޑިވަޅުގައި ފަނޑިޔާރު ދީދީގެ އެއްވެސް މައްސަލައެއް ބަލަމުން ނުދާ ކަމަށް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން މިދިޔަ ހަފުތާގައި އަންގާފައިވާކަންވެސްވަނީ ހާމަވެފައެވެ.





ހިޔާލު
Mi dhen kaaku