އިނގިރޭސިވިލާތް، ކޮވިޑްގެ ތިންވަނަ ރާޅަކާ ދިމާލަށް: ސައިންޓިސްޓް

ކޮވިޑް-19 ގެ ތިިންވަނަ ރާޅެއް އިނގިރޭސިވލާތަށް ކުރިމަތިވެދާނެ ކަމުގެ ހެކިތައް ފެންނަމުންދާކަމަށް ސައިންޓިސްޓަކު ހާމަކޮށްފިއެވެ.

ޔުނިވާސިޓީ އޮފް ކެމްބްރިޖްގެ ސައިންޓިސްޓެއް ކަމުގައިވާ ޕްރޮފް ރަވީ ގުޕްތާ ބުނިގޮތުގައި، ޔޫކޭއިން ކޮވިޑްގެ އާ ޕޮޒިޓިވް ކޭސްތައް ފެންނަލެއް މަދުވިކަމުގައިވިޔަސް، އިންޑިއާއިން ފެނުނު ކޮވިޑްގެ އާ ވޭއިރިއަންޓް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވާލެއް އަވަސްވެފައެވެ.

އިންގްލެންޑްގައި މި މަހުގެ 21 ވަނަ ދުވަހު ކޮވިޑް އިން ރައްކާތެރިވުމަށް އަޅައިފައިވާ ފިޔަވަޅުތަކަށް ނިމުމެއް ގެންނައިރު، އެކަން އެގޮތަށް ނުކުރުމަށް ގުޕްތާ ވަނީ ސަރުކާރަށް ގޮވާލައިފައެވެ.

އޭޕްރީލް 12ގެ ފަހުން ޔޫކޭއިން ކޮވިޑް-19 އަށް ކޮންމެ ދުވަހަކު ޕޮޒިޓިވްވާ މީހުންގެ އަދަދު ގާތްގަނޑަކަށް އުޅެނީ 3000 ގައެވެ. އަދި ޖެހި ޖެހިގެން 28 ދުވަސް ވަންދެން ޔޫކޭއިން މި ބަލީގައި އެއްވެސް މަރެއް ރިޕޯޓުކޮށްފައިނުވެއެވެ.

ބީބީސީ އިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން ސައިންޓިސްޓް ޕްރޮފް ގުޕްތާ ބުނީ، ޔޫކޭ މިހާރުވެސް އޮތީ ކޮވިޑްގެ ތިންވަނަ ރާޅެއްގެ ތުންފަތްމަތީގައި ކަމަށާއި، ޕޮޒިޓިވްވި މީހުންގެ ތިން ބައިކުޅަ ކޭސްއަކީ އިންޑިއާއިން ފެނުނު އާ ވޭރިއަންޓް ކަމަށެވެ.

މީގެ އިތުރުން، ޕޮޒިޓިވްވާ މީހުންގެ އަދަދު ދަށްވިނަމަވެސް، ހުރިހާ ކޮވިޑްގެ ރާޅުތައްވެސްް މަދު ޕޮޒިޓިވް އަދަދަކުން ފެށި، ފަހުން ގިނަ ވަނީ ކަމަށެވެ. އެހެންކަމުން މިއީ ކޮވިޑްގެ ތިންވަނަ ރާޅެއް ޔޫކޭއަށް ކުރިމަތިވުމުގެ ފެށުން ކަމަށް އޭނާ ބުނެފައިވެއެވެ.

އެހެންނަމަވެސް، އިނގިރޭސިވިލާތުގެ ގިނަ އަދަދެއްގެ މީހުން މިހާރު ކޮވިޑް ވެކްސިން ފުރިހަމަކޮށްފައި ވުމުން، ތިންވަނަ ރާޅެއް އައުމުގެ ފުރުސަތު، ކުރީގެ ކޮވިޑްގެ ރާޅަށްވުރެ ލަސްވެދާނެ ކަަމަށް އޭނާ ފާހަގަކުރިއެވެ.

ޔޫކޭގެ ސަރުކާރުން ލޮކްޑައުން ނެގުމުގެ ފަހު މަރުހަލާގައި، ބަލިން ރައްކާތެރިވުމަށް އަޅައިފައިވާ ހުރިހާ ފިޔަވަޅުތަކެއްވެސް ނިމުމަކަށް ގެންނާނެއެވެ.

ނަމަވެސް، ސަރުކާރުގެ "ނިއު އެންޑް އެމާޖިން ރެސްޕިރޭޓަރީ ވައިރަސް ތްރެސްގެ އެޑްވައިސަރީ" ގްރޫޕްގެ މެންބަރެއް ހައިސިއްޔަތުން ޕްރޮފް ގުޕްތާ ވަނީ، މި ފިޔަވަޅުތައް ޖޫން މަހު ނެގުން ފަސްކުރުމަށް ސަރުކާރަށް ނަސޭހަތްތެރިވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ