ރައްޔިތުންގެ މަޖިލީހުގެ ތުލުސްދޫ ދާއިރާގެ ގޮންގްރެސް ޕްރައިމަރީ ކާމިޔާބުކޮށް، އެ ދާއިރާގެ ޓިކެޓް ސިއްދީޤު ކަށަވަރު ކުރައްވައިފިއެވެ.
މިއަދު ހަވީރު ބޭއްވި ކޮންގްރެސް ޕްރައިމަރީ ސިއްދީގު ކާމިޔާބު ކުރެއްވީ، ބޮޑު ތަފާތަކުން ޕްރައިމަރީގައި ވާދަކުރެއްވި ބާކީ ތިން ކެންޑިޑޭޓުން ބަލިކުރެއްވުމަށްފަހުއެވެ.
ތުލުސްދޫ ދާއިރާގެ ޕަރައިމަރީގައި 426 މީހުން ވޯޓުލާފައިވާއިރު، ސިއްދީގު ވަނީ 203 ވޯޓު ހޯއްދަވާފައެވެ. ސިއްދީގުއާ ވާދަކުރި ނާއިފް ސައުކަތަށް 136 ވޯޓް ލިބިވަޑައިގެންނެވިއިރު، އާދަމް އިޔާޒަށް ލިބިވަޑައިގެންނެވީ 78 ވޯޓެވެ. އަދި މި ޕްރައިމަރީގައި ވާދަކުރި ފާތިމަތު ޝަމްނާޒު ޢަލީ ސަލީމަށް އެންމެ 2 ވޯޓެވެ.

ތުލުސްދޫ ދާއިރާގެ ކޮންގްރެސް ޓިކެޓް އަޙްމަދު ސިއްދީޤް ކާމިޔާބު ކުރެއްވިއިރު، މި އިންތިޚާބުގައި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ކެންޑިޑޭޓުން ނެރެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ގޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަނުންނެވެ.
އަޙްމަދު ސިއްދީޤަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރުގެ ނައިބުކަން ކުރައްވައި، ޔާމީންގެ ދިފާއުގައި ކެރިގެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އަދި ޔާމީންގެ ވެރިކަން ނިމުނު ފަހުންވެސް ދެގޮތެއްނުވެ ޕީޕީއެމް ފިކުރުގައި ސިއްދީޤު ދެމިހުންނެވިކަން ފާހަގަކޮށްލެވެއެވެ.
ތުލުސްދޫ ދާއިރާގެ އިތުރުން އިތުރު ފަސް ދާއިރާއެއްގެ ކޮންގްރެސް ޕްރައިމަރީ މިއަދު ބާއްވާފައިވެއެވެ.