ލެޓިން އެމެރިކާގެ ބައެއް ގައުމުތަކުން ކަރަންޓު ކެނޑިއްޖެ

ލެޓިން އެމެރިކާގެ ގައުމުތައް ކަމަށްވާ އާޖެންޓީނާ، އުރުގުއާއި، އަދި ޕެރެގުއާއިގެ ބޮޑު ބަޔަކުން ކަރަންޓު ކެނޑިއްޖެއެވެ.

އާޖެންޓީނާ ގަޑިން މިއަދު ހެނދުނު ހަތެއް ޖެހިއިރު ކަރަންޓު ގޮސްފައިވާއިރު، މިހާރުވަނީ ބައެއް ހިސާބުތަކަށް ކަރަންޓު ދޫކުރެވިފައެވެ. އާޖެންޓީނާގެ އެނަރޖީ ކޮމްޕެނީއިން ބުނެފައިވަނީ، ކަރަންޓް ދިޔަ ހިސާބުތަކަށް މިހާރު ކަރަންޓުގެ ހިދުމަތް ދޭން ފަށައިފައި ވާކަމަށެވެ.

ކަރަންޓުގެ ހިދުމަތް މެދުކެނޑުމާއި ގުޅިގެން މިގައުމުތަކުގެ މުއާސަލާތީ ހިދުމަތްތައްވަނީ މެދުކެނޑިފައެވެ. އަދި ހުރިހާ ރޭލް ދަތުރުތައްވެސް ވަނީ ހުއްޓުމަކަށް އައިސްފައެވެ. މިގައުމުތަކުން ފެން ބޭނުން ކުރުމުގައި ސަމާލު ވުމަށްވެސް މިގައުމުތަކުގެ ފެން ކުންފުނިތަކުން މިހާރު ދަނީ އަންގަމުންނެވެ.

އުރުގުއާއީގެ ޔޫޓީއޭ އިން ބުނެފައިވަނީ ކަރަންޓު ދިޔުމަށް މެދުވެރިވީ އާޖެންޓީނާގެ ކަރަންޓު ނެޓުވާކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން ކަމަށެވެ. އާޖެންޓީނާ އަދި އުރުގުއާއީން އެ ދެގައުމަށް ކަރަންޓު ދިނުމަށް ބޭނުން ކުރަމުންދަނީ އެއް ޕަވަރ ގުރިޑެކެވެ.

މިދުވަސްވަރަކީ އާޖެންޓީނާގެ މޫސުން ވަރަށް ގޯސް ދުވަސްވަރެކެވެ.

މިއީ މީގެކުރިން ދިމާވެފައިވާ މައްސަލައަކަށް ނުވާތީވެ މިކަން ދިމާވާން މެދުވެރިވި ސަބަބު މިހާރުދަނީ ތަހުގީގު ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ