ޗައިނާގެ ވޫހާން ލެބްގައި މަސައްކަތް ކުރި ނުވަ ސްޓާފުންގެ މެޑިކަލް ރެކޯޑްސް ހާމަކުރުމަށް އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީ އެންޑް އިންފެކްޝަސް ޑިޒީޒްގެ ޑިރެކްޓަރު ޑރ. އެންތަނީ ފައުޗީ، ޗައިނާއަށް ގޮވާލައިފިއެވެ.
ފައުޗީ ބުނީ، އޭރުން، ކޮވިޑް-19 އަކީ އެންމެ ފުރަތަމަ ވޫހާންގެ ލެބް އިން ލީކްވި އެއްޗެއްތޯ ދެނެގަތުމަށް ކުރާ މަސައްކަތައް ހެކި ލިބިގެންދާނެކަމަށެވެ.
2019 ވަނަ އަހަރު، ވޫހާނުން ވައިރަސްގެ ފެނުމުގެ މާކުރިން ވޫހާން ލެބްގައި މަސައްކަތް ކުރާ ތިން މީހަކު ހަސްފަތާލުގައި ފަރުވާ ހޯދިކަމަށް ހާމަވެފައިވެއެވެ. ފައުޗީ ބުނީ އެ ތިން މީހުންގެ މެޑިކަލް ރެކޯޑު ބެލާ، އެމީހުން އަސްލުވެސް ބަލިވިތޯ އަދި ބަލިވިނަމަ އެއީ ކޮން ބައްޔެއްތޯ އެނގެން ބޭނުންވާކަމަށެވެ.
ކޮވީޑް-19 ވައިރަހަކީ ޗައިނާގެ ވޫހާން ލެބުން ފެނުނު އެއްޗެއް ކަމަށް އެމެރިކާގެ ގިނަ ސައިންޓިސްޓުން ދަނީ ބުނަމުންނެވެ.
ނަމަވެސް ޗައިނާގެ ސައިންޓިސްޓުން މި ވާހަކަތައް ދޮގުކޮށްފައިވާއިރު، އެމީހުން ބުނަމުން އަންނަނީ، އެ ވައިރަސް ވޫހާން ސިޓީން ފެނުމުގެ ކުރިން ދުނިޔޭގެ އެހެން ގައުމަކުތަކުގައި އެ ވައިރަސް އުޅެދާނެ ކަމަށެވެ. އަދި ވަރިއަސް ވޫހާ ސިޓީއަށް ވާސިލުވީ، ވަލު ޖަނަވާރު މާރުކޭޓަކުން ނުވަތަ މަސް އެތެރެ ކުރުމުގެ ތެރެއިން ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ފައުޗީ އަދިވެސް ޤަބޫލުކުރާ ގޮތުގައި، ކޮވިޑް-19 ގެ ވައިރަސް އިންސާނުންނަށް ޖެހުނީ ޖަނަވާރުންގެ ކިބައިންނެވެ.




