ބުރްކީނާ ފާސޯގައި ހަނގުރާމަވެރިން ދިން ހަމަލާއެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެ

ބުރްކީނާ ފާސޯގެ އުތުރުގެ އަވަށެއްގައި ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާތަކެއްގައި 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.

ސަރުކާރާއި ހަވާލާދީ ރޮއިޓާސްއިން ބުނެފައިވަނީ ހަތިޔާރުއެޅި ބަޔަކު ހަމަލާދީފައިވަނީ ރޭގަނޑުގެ ވަގުތުގައި ސޮލްހާން ނަމަކަށްކިޔާ އަވަށަކަށް ކަމަށެވެ. އެ އަވަށުގެ ބަޔެއް ގެތަކާއި މާރކެޓް ސަރަހައްދުތަކުގައި އެމީހުން އަލިފާން ރޯކޮށްފައިވާ ކަމަށެވެ.

އެއްވެސް ގުރޫޕަކުން މި ހަމަލާގެ ޒިންމާ އުފުލާފައެއް ނުވެއެވެ. ބީބީސީ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި އެސަރަހައްދުގައި އިސްލާމީ ޖިހާދުގެ ހަނގުރާމަވެރިންގެ ހަރަކާތްތައް ވަރަށް ބޮޑަށް އިތުރެވެ. ހާއްސަކޮށް ނައިޖާރ އަދި މާލީ އާއި ބޯޑަރު ހިއްސާކުރާ ސަރަހައްދު ތަކުގައެވެ.

ސޮލްހާން އަށް ދިން މި ހަމަލާއާއި ގުޅިގެން ބުރްކީނާ ފާސޯގައި ތިންދުވަސް ގައުމީހިތާމައިގެ ގޮތުގައި ފާހަގަ ކުރުމަށް އެގައުމުގެ ރައީސްވަނީ ނިންމަވާފައެވެ. ރައީސް ރޮޗް ކަބޯރ ކުރެއްވު ޓުވީޓެއްގައި ވިދާޅުވެފައިވަނީ، ނުބައި ފައުޖުތަކާއި ދެކޮޅަށް އެއްބައެއްގެ ގޮތުގައި ތެދުވަން ޖެހޭ ކަމަށެވެ.

ބުރްކީނާ ފާސޯގެ ސަލާމަތީ ފަރާތްތަކުން މިހާރު އައްނަނީ މި ހަމަލާ ދިނުމުގެ ފަހަތުގައިވާ ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ހުކުރުދުވަހުގެ ރޭވެސްވަނީ މިފަދަ ހަމަލާއެއް ސޮލްހާން އާއި 93 މޭލު ދުރުގައިވާ ތަދަރްޔަތު އަވަށަށް ދީފައެވެ. މި ހަމަލާގައި 14 މީހަކުވަނީ މަރުވެފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ