"އަ ކުއައިޓް ޕްލޭސް" ގެ ތިންވަނަ ބައި 2023 ގައި!

މިދިޔަ މަހު ރިލީޒްކުރި ކާމިޔާބު ބިރުވެރި ފްރެންޗައިޒް ފިލްމް "އަ ކުއައިޓް ޕްލޭސް 2" އަށް ލިބުނު ބޮޑު ކާމިޔާބީއަށްފަހު، މި ފިލްމެގެ ތިންވަނަ ބައެއްވެސް ނެރޭނެކަން މިވަނީ އިއުލާންކޮށްފައެވެ.

ޖޯން ކްރަސިންސްކީގެ ޑައިރެކްޝަންގެ ދަށުން ޕްރެމައުންޓްއިން ގެނެސްދިން މި ފިލްމްގެ ތިންވަނަ ބައެއް ނެރޭނެކަން އިއުލާންކޮށްފައިވާއިރު، މި ފިލްމް ރިލީޒްކުރާނީ 2023 ވަނަ އަހަރުގެ މާޗް 31 ގައި ކަން ވެސް ވަނީ ހާމަކޮށްފައެވެ.

މި ފިލްމަކީ، "އަ ކުއައިޓް ޕްލޭސް"ގެ ސީކުއަލްއެއްގެ ބަދަލުގައި ބޮޑަށް ސްޕިން-އޮފް ފިލްމެއްގެ ގޮތުގައި ގެނެސްދޭނެ ފިލްމެއް ކަމަށް ފިލްމް އުފެއްދި ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ހޮލީވުޑްގެ ރިޕޯޓުތައް ބުނާގޮތުން، ތިން ވަނަ ބައި ޑައިރެކްޓްކުރާނީ، ޖޯން ކްރަސިންސްކީގެ ބަދަލުގައި ޑައިރެކްޓްރ ޖެފް ނިކޯލްސް އެވެ.

"އަ ކުއައިޓް ޕްލޭސް 2" އަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، ބެލެވޭ ގޮތުގައި މި ފިލްމަށް ޑޮމެސްޓިކް ބޮކްސް އޮފީހުގައި 100 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެއެވެ.

ވަރަށް ތަފާތު ވާހަކައެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމުގެ ވާހަކަ ބިނާވެފައިވަނީ، އިންސާނުން ނޫން، އާދަޔާ ހިލާފު ލޮލަށް ނުފެއްނަ ނަމަވެސް އަޑުއިވުމުގެ ބާރު އާދަޔާ ހިލާފަށް ގަދަ އެއްޗެހިތަކެއް ދުނިޔެއަށް ވެރިވެގަނެގެން، އިންސާނުންގެ އަދި ޖަނަވާރުން އާބާދީގެ ބޮޑު ބައެއް ނައްތާލައިފައިވާ މި ދުނިޔޭގައި އާއިލާއަކު ދިރިހުރުމަށް ކުރާ މަސައްކަތެވެ. ކިތަންމެ ކުޑަ އަޑެއް އިވުނުކަމުގައިވިޔަސް އޭއްޗެހި އައިސް ހަމަލާދެއެވެ.

މި ފިލްމު ޑައިރެކްޓް ކުރުމުގެ އިތުރުން މި ފިލްމުގެ ލީޑް އެކްޓަރެއްގެ ރޯލު ޖޯން ކްރަސިންސްކީ އަދާކޮށްފައިވާއިރު، ފިލްމުގައި ދެން ފިނިގެންދަނީ އޭނަގެ އަންހެނުން އެމިލީ ބްލަންޓެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ