ފުލުހަކަށް ހަމަލާދޭނެ ކަމަށްބުނެ އެފްބީގައި ޓެގް ކުރި މީހަކު ހައްޔަރުކޮށްފި

ފުލުހަކަށް ހަމަލާދޭނެ ކަމަށް ބުނެ ފޭސްބުކް ގައި ޕޯސްޓްކޮށް، ފުލުހުންގެ ރަސްމީ ފޭސްބުކް އެކައުންޓް ޓެގް ކުރި އެމެރިކާގެ މިސިސިޕީ މީހަކު ހައްޔަރުކޮށްފިއެވެ.

އުމުރުން 24 އަހަރުގެ ކޮރީ ބޮއިސް، ސެނެޓޯބިއާގެ ފުލުހެއްގެ ގޭގައި ރޯކޮށްލާނެ ކަމަށް ބުނެ ފޭސްބުކްގައި ޕޯސްޓްކޮށްފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުއެވެ.

ގޭގައި ރޯކޮށްލާނެ ކަމަށް ބުނެ ކޮރީ ބޮއިސް ކޮށްފައިވާ ޕޯސްޓްގައި ފުލުހުންގެ އިދާރާގެ ރަސްމީ ފޭސްބުކް އެކައުންޓް ޓެގް ކޮށްފައިވާ ކަމަށް ސެނެޓޯބިއާ ފުލުހުންގެ އިދާރާއިން ބުނެފައިވެއެވެ. އަދި އޭނާ މިގޮތައް ކަންތައް ކޮށްފައިވަނީ އޭނާގެ އަވައްޓެރިއެއް ހައްޔަރުކުރުމުން ކަމަށް ވެސް ބުންޏެވެ.

މި މައްސަލައިގައި ކޮރީ ބޮއިސް މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައިވާއިރު، އޭނާ އަކީ ކުށުގެ ރިކޯޑް އޮންނަ މީހެކެވެ. އެގޮތުން އެނާ ހައްޔަރުކުރިއިރު ހުރީ ޕެރޯލްގެ ދަށުން ދޫކޮށްލައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ