ވިޔާނުދާ ފަނޑިޔާރުން މަތަނުވެވިއްޖެނަމަ 19ވަނަ މަޖިލިސް ފެއިލްވީ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ވިޔާނުދާ ފަނޑިޔާރުން މަތަނުވެވިއްޖެނަމަ 19ވަނަ މަޖިލިސް ފެއިލްވީ ކަމަށް ވިދާޅުވެ މިއަދު ކުރެއްވި ޓްވީޓެއްގައި ނިޒާރު ވިދާޅުވީ، ޖުޑީޝަރީ އިސްލާހުކުރަން ރައްޔިތުން ބޭނުންފުޅުވާކަން، މަޖިލީހަށް ރައްޔިތުން ދީފައިވާ ވޯޓުން ވަރަށް ސާފުވާކަމަށެވެ.
މީގެ ކުޑަދުވަސްކޮޅެއްކުރިންވެސް މިކަމާބެހޭގޮތުން ނިޒާރު ޓްވީޓެއް ކުރައްވާފައިވާއިރު، އެބޭފުޅާ ވިދާޅުވީ، އާ ޤާނޫނު އަސާސީގެ ދަށުން ޖުޑިޝަރީއަކީ ޤާނޫނީ އަސާސީ އޮޅުނުކުރެވުނު ބުޅަލެއް ކަމަށާއި، އޮޅު ނުވާނަމަ ވައްކަން ކުރާނެ ކަމަށެވެ. އަދި ހައްލަކީ ބުޅާ ގެއިން ނެރެލުން ކަމަށް ވެސް ނިޒާރު ވަނީ ވިދާޅުވެފައެވެ.
Viyaanudhaa fandiyaarun matha nuvevijje nama 19 vana Majlis fail vee. Judiciary islaahukuran Rayyithun beynun vikan rayyithun thiya majlis ah vote dheefa vaa gothun varah saafu.
— Ali Nizar (@DhekunuNizar) June 17, 2019
ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެން، ސަސްޕެންޑް ކުރައްވާފައިވާ ފަނޑިޔާރު ޢަބްދުﷲ ދީދީ، ސަސްޕެންޑް ކުރަން ޖޭއެސްސީއިން ނިންމި ނިންމުމަކީ ގާނޫނާއި އެއްގޮތަށް ނިންމާފައިވާ ނިންމުމެއްކަން މަޖިލިސްގެ ޖުޑިޝަރީ ކޮމިޓީއިން ވަނީ ފާސްކޮށްފައެވެ.



