ޕްރިންސް ހެރީ އަދި މޭގަންއަށް އަންހެން ދަރިކަނބަލެއް!

ޑޫކް އަދި ޑަޗަސް އޮފް ސަސެކްސް އަށް އަންހެން ބޭފުޅެއް ލިބިވަޑައިގެންފައިވާކަން ހާމަކުރައްވައިފިއެވެ. މިއީ މިދެބޭފުޅުންނަށް ލިބިވަޑައިގެން ދެވަނަ ދަރިކަލުންނެވެ.

ލިލީބެޓް ޑަޔާނާގެ ނަމުން ނަންދީފައިވާ މި ދަރިކަނބަލުން އުފަންވެ ވަޑައިގެންފައިވަނީ، މިދިޔަ ހުކުރު ދުވަހު އެމެރިކާގެ ކެލިފޯނިއާގެ ހޮސްޕިޓަލެއްގައެވެ. ޕްރިންސް ހެރީ އަދި މޭގަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މަންމާފުޅާ އަދި ދަރިކަނބަލުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

ޕްރިންސް ހެރީ އަދި މޭގަން އިތުރަށް ވިދާޅުވީ، އެދެމަފިރިންގެ ދަރިކަނބަލުންނަށް ނަންދީފައިވަނީ ޕްރިންސަސް ޑަޔާނާ އާއި ގުޅުވައިގެން ކަމަށެވެ. މިގޮތުން ލިލީބެޓް އަކީ ޝާހީ އާއިލާއިން ޑަޔާނާއަށް ދީފައިވާ ވަނަން ކަމަށެވެ. އަދި މެދު ނަމުގެ ގޮތުގައި ޑަޔާނާގެ ނަން ބޭނުން ކޮށްފައިވަނީ ޑަޔާނާއަށް އިހުތިރާމް ކުރުމުގެ ގޮތުން ކަމަށްވެސް ބަޔާނުގައި ބުނެފައި ވެއެވެ.

ލިލީބެޓް އުފަންވެ ވަޑައިގެންފައިވަނީ ހުކުރުދުވަހު ހެނދުނު 11:40 ގައެވެ. ބަރުދަނުގައި 7 ޕައުންޑް 11 އައުންސް ހުރިއިރު ދެމައިން މިހާރުވަނީ ހޮސްޕިޓަލުން ދޫކޮށްލައިފައެވެ. ލިލީބެޓް އަކީ ރާނީގެ 11 ވަނަ މާމަ ދަރިކަނބަލުންނެވެ.

ދަރިކަނބަލުންގެ އެއްވެސް ފޮޓޯއެއް މިހާތަނަށް އާންމުކޮށްފައި ނުވާއިރު ދަރިކަނބަލުންނަށް ހަދިޔާއެއް ފޮނުއްވުމަށް ބޭނުންވާ ފަރާތްތަކުން އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީތެރިވުމަށް ޕްރިންސް ހެރީ އަދި މޭގަން އެދިވަޑައިގެންފައި ވެއެވެ.

މިލިޔުން ކިޔާލުމުން
541
ގުޅުންހުރި ލިޔުންތައް

2 Responses

  1. ޅަަކޮއި.ލިލިބެޓުގެ ކާފަ

    ލިލިބެޓު އެއި ރާނީ ގެ ނިކްނޭމް.

  2. މުނިމާމަ

    ލިލީބެޓްޑަޔާނާއަކީ، ރާނީގެ 11ވަނަ މުނިމާ ދަރިއަށްވެދާނެ.. ހަމަޔަޤީނުންވެސް “ މާމަ “ މިބަސް ރަނގަޅެއްނޫން..

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ