ކުޅިވަރަށް ގިނަ ޚިދުމަތްތަކެއް ކުރެއްވި މާދިހު އިސްމާއިލް ނިޔާވެއްޖެ

ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް އެތައް ގިނަ ޚިދުމަތްތަކެއް ކުރެއްވި މާދިހު އިސްމާއިލް ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ.

މާދިހު ކުއްލި ގޮތަކަށް ނިޔާވެފައިވަނީ ރޭ ފަތިހު 5:32 ހާއިރު އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ. މާދިހުގެ އާއިލާއިން ބުނެފައި ވަނީ، އޭނާ ނިޔާވީ، ކުއްލިއަކަށް މާ ބޮޑަށް ހޮޑުލެވި ހާލުދެރަވާން ފެށުމުން ހޮސްޕިޓަލަށް ގެންދިޔަ ފަހުންކަމަށެވެ.

އުމުރުން 51 އަހަރުގެ މާދިހުއަކީ ރާއްޖޭގެ ކުޅިވަރުގައި ފާހަގަކޮށްލެވޭ ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ކުޅިވަރު ޝަޙްސިއްޔަތެކެވެ. ޚާއްސަކޮށް ކްރިކެޓާއި ފުޓްބޯޅަ އަދި ސްވިމިންގ ފަދަ ހަރަކާތްތަކުގައި އޭނާގެ ބައިވެރިވުން ފާހަގަކޮށްލެވެއެވެ.

މާދިހު ވަނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ. އަދި އުމުރުފުފުރާތަކުގެ ކްރިކެޓް ގައުމީ ޓީމްތަކުގެ ކޯޗް ކަން ވެސް ކުރައްވާފައެވެ.

ސްޕޯޓްސް މިނިސްޓަރ މަހްލޫފް ފާހަގަކުރެއްވި ގޮތުގައި، މާދިހުއަކީ ކުޅިވަރަށް އެތައް ގިނަ ޚިދުމަތްތަކެއް ކުރެއްވި އަދި މީހުންނާ ގުޅޭ އެކުވެރި ބޭފުޅެކެވެ.

މާދިހުއަކީ ރާއްޖޭގެ ކުރީގެ އެއްވަނަ ފޯވަޑް އަދި އެފް.އޭ.އެމްގެ ކުރީގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއިލްއާއި އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ މޭޖަރ އިބްރާހިމް އާޒިމްގެ އެއްބަނޑު އެއްބަފާ ބޭފުޅެކެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ޙުސައިން

    إنّا لله وإنّا إليه راجعون
    މާތްﷲ، މައްޔިތާގެ ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި. އަދި ޢާއިލާއަށް ކެތްތެރިކަން ދެއްވާށި. آمین

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ