މެސެޖްކުރަން ހާއްސަ އެޕްލިކޭޝަނެއް ބޭނުންކޮށްގެން އެތައްސަތޭކަ ކުށްވެރިން ހައްޔަރުކޮށްފި

އެފްބީއައި އިން ތައްޔާރުކޮށްފައިވާ މެސެޖިން އެޕްލިކޭޝަނެއް ބޭނުން ކޮށްގެން 800 އަށްވުރެ ގިނަ ކުއްވެރިން ދުނިޔޭގެ އެކިހިސާބުތަކުން ހައްޔަރުކޮށްފިއެވެ.

އޮފިޝަލުން މައުލޫމާތުދޭގޮތުގައި މިހާގިނަ އަދަދެއްގެ ކުށްވެރިން ހައްޔަރުކުރުމަށް ބޭނުން ކޮށްފައިވާ އެޕްލިކޭޝަނުގެ ނަމަކީ އެނޮމް (ANOM) އެވެ. ކުށްވެރިންގެ މެދުގައި މި އެޕްލިކޭޝަން މަގުބޫލުވެފައިވަނީ ދެކެވޭ ވާހަކަތައް ސިއްރުވާ އެޕްލިކޭޝަނެއްގެ ގޮތުގައެވެ.

ނަމަވެސް ހަގީގަތަކީ އެޕްލިކޭޝަނަކީ އެފްބީއައި އިން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމެވެ. އަދި އެޕްލިކޭޝަނުގައި ކުރެވޭ ހުރިހާ މުއާމަލާތެއް އެފްބީއައި އަށް ބެލޭ އެޕްލިކޭޝަނެއް ކަމެވެ. މި އެޕްލިކޭޝަން މެދުވެރިކޮށް ކުށްވެރިން މަސްތުވާތަކެތި ވަގަށް އެއްގައުމުން އަނެއް ގައުމަށް ފޮނުވުމާ، ހަތިޔާރު ވިއްކުވާ، ވަގުފައިސާ ދޮވުމާ، އަދި މީހުން މެރުމަށް ރާވާރޭވުންތައް އެފްބީއައި އިން ދިއައީ ބަލަމުންނެވެ.

އެފްބީއައި އާއި އަދި އެކިގައުމުތަކުގެ ފުލުހުންގެ އިދާރާތަކުން ގުޅިގެން ހިނގި މި އޮޕަރޭޝަނުގައި، މަސްތުވާތަކެތި، ހަތިޔާރު، އަގުބޮޑެތި އުޅަނދުތައް، އަދި ގިނަ އަދަދެއްގެ ފައިސާވަނީ ކުއްވެރިންގެ އަތުން ހޯދައިފައެވެ.

އެފްބީއައި އިން އަތުލައިގަނެވުނު ތަކެތީގެ ތަފްސީލް ހާމަކުރަމުންބުނީ، އަށް ޓަނުގެ ކޮކެއިން، 250 ބަޑި، 48 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު، ތަފާތު ގައުމުތަކުގެ ފައިސާގެ އިތުރުން ކުރިޕްޓޯކަރަންސީވެސް ހޯދައިފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
22
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ