މަޙްލޫފް އާއި ރައީސް ޞޯލިޙް | ފޮޓޯ: މޯލްޑިވްސް އޮލިމްޕިކް ކޮމެޓީ

މިރޭ ތިނިކުންނަނީ ވަރުގަދަ ޗައިނާ އާއި ދެކޮޅަށް، ކޮންފިޑެންސް އާއެކު ކުޅެލާ: މަޙްލޫފް

ވޯލްޑްކަޕް ކޮލިފައިންގައި ދިވެހިރާއްޖޭގެ ޤައުމީ ފުޓްބޯޅަ ޓީމް މިރޭ ނިކުންނާނީ ވަރުގަދަ ޗައިނާއާއި ދެކޮޅަށް ކަމަށް ވިދާޅުވެ، ޤައުމީ ފުޓްބޯޅަ ޓީމަށް ހިތްވަރު ދެއްވާ ސްޕޯޓްސް މިނިސްޓަރ އަޙްމަދު މަޙްލޫފް ޓުވީޓް ކުރައްވައިފިއެވެ.

މަޙްލޫފް ވިދާޅުވީ ސީރިއާ އަތުން 4 ލަނޑުން ބަލިވިއިރު ކުޅުނީ 45 ޑިގްރީ ހޫނުގައި ކަމަށާއި، އަދި އެޓީމުގަ ތިބީ ޔޫރަޕުގަ ކުޅޭ މޮޅެތި ކުޅުންތެރިންކަމަށެވެ.

ޤައުމީ ޓީމް ސީރިއާއާއި ބައްދަލު ކުރި އިރު ރާއްޖޭގެ އެންމެ ހުނަރުވެރި އަދި އެންމެ އިތުބާރު ކުރެވޭ ކުޅުން ތެރިޔާ ޢަލީ އަޝްފާޤަށް އެމެޗްގައި ވަނީ ކުޅެވޭ ގޮތް ނުވެފައެވެ. ޢަޝްފާޤް ކޮވިޑަށް ފައްސިވެ ޓީމުގައި ނުހިމުނު ނަމަވެސް މެޗް ކުޅެން ދުވަހަކަށް ވެފައި ވަނިކޮށް ޢަލީ ޢަޝްފާޤް ވަނީ ކޮވިޑުން ރަނގަޅު ވެފައެވެ.

އެހެން ކަމުން މިރޭ ޗައިނާ އާއި ދެކޮޅަށް ކުޅޭ މެޗްގައި ޢަލީ އަޝްފާޤް ވަނީ ކުޅުމަށް ހަމަޖެހިފައެވެ.

ރާއްޖޭގެ ޤައުމީ ޓީމްގެ ކޯޗް ވިދާޅުވި ގޮތުގައި އަލީ އަޝްފާޤަށާއި އަލީ ޝާމިސް އަށް ކުއްލިއަކަށް ކުޅެން އުނދަގޫވާނެކަމަށާއި، ނަމަވެސް ދަގަނޑޭ އާއި ތޮއްޕޭ ޓީމާއި ގުޅުމުން ބޮޑު ހިތްހަމަޖެހުމެއް ލިބުނުކަމަށެވެ.

މިރެގެ މެޗާއި ގުޅޭ ގޮތުން ސްޕޯޓްސް މިނިސްޓަރ މަޙްލޫފް ވިދާޅުވީ މިރޭ ޤައުމީ ޓީމް އަދި އެ ނިކުންނަނީ ވަރުގަދަ ޗައިނާ އާއި ދެކޮޅަށްކަމަށާއި، މިރޭގެ މެޗަށް ކާމިޔާބީއަށް އެދޭކަމަށެވެ.

"ކޮންފިޑެންސް އާއެކު ކުޅެލާ. މިރޭގެ މެޗަށް ކާމިޔާބީއަށް އެދެން. ބަލިވިޔަސް މޮޅުވިޔަސް ގައުމީ ޓީމާއެކު" މަޙްލޫމްފް ވިދާޅުވިއެވެ.

ރާއްޖެ ހިމެނޭ ގްރޫޕް އޭގެ އެއްވަނައިގައި މިހާރު ސީރިއާ އޮތީ ކުޅުނު ހަތް މެޗުން ލިބުުނު 21 ޕޮއިންޓާއެކުއެވެ. އަދި ދެވަނައިގައި ޗައިނާ އޮތީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު އެވެ. މީގެ އިތުރުން ގްރޫޕްގެ ތިންވަނައިގައި ފިލިޕީންސް އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެވެ. ހަތަރުވަނައިގައި ރާއްޖެ އޮތީ ހަ މެޗުން ހަ ޕޮއިންޓާއެކު އެވެ. މި ގްރޫޕްގެ ފުލުގައި ގުއާމް އޮތް އިރު އެ ޤައުމަށް އެއްވެސް ޕޮއިންޓެއް ލިބިފައެއްނުވެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ