އިތުރު 2 ފިލްމާއެކު "ފާސްޓް އެންޑް ފިއުރަސް" ނިއްމާލަނީ!

މަޝްހޫރު ފްރެންޗައިޒް ފިލްމް "ފާސްޓް އެންޑް ފިއުރަސް"ގެ ވާހަކަ އިތުރު ދެ ފިލްމާއެކު ނިއްމާލާނެކަން ހާމަކޮށްފިއެވެ.

މި ހަބަރު ހާމަކުރީ، ފިލްމްގެ ލީޑު އެކްޓަރ ވިން ޑީސަލް "ދި އެސޯސިއޭޓެޑް ޕްރެސް" އަށް ދިން އިންޓަވިއުއެއްގައެވެ. ވިން ޑީސަލް ބުނީ، މި މަހު 25 ގައި ރިލީޒްކުރާ ފިލްމްގެ 9 ވަނަ ބަޔަށްފަހު، ދެން ނިކުންނާނީ މި ފްރެންޗައިޒް އިތުރު ދެ ފިލްމް ކަމަށެވެ.

ފާސްޓް އެންޑް ފިއުރިއަސްގެ ހުރިހާ ފިލްމްތަކެއްގައި ފެނިގެންދިޔަ މި އެކްޓަރ ހާމަކުރި ގޮތުގައި، މި ދެ ފިލްމް ރިލީޒް ވާނެ ކަމަށް ބެލެވެނީ 2023 ވަނަ އަހަރާއި 2024 ވަނަ އަހަރުގައިކަމަށެވެ.

މި ވާހަކަތައް ހިއްސާކުރަމުން ވިން ޑީސަލް ބުނި ގޮތުގައި، ކޮންމެ ވާހަކައަކަށްވެސް އަމިއްލަ ނިމުމަށް އަންނަން ޖެހޭނެއެވެ.

މީގެ އިތުރުން ވީން ބުނި ގޮތުގައި، ފިލްމް ނިއްމާލި ކަމުގައި ވިޔަސް، "ފާސްޓް އެންޑް ފިއުރަސް"ގެ ސިނެމެޓިކް ޔުނިވާރސް ކުރިއަށް ދާނެއެވެ. އެއީ އެ ފިލްމްގެ ވާހަކައިގެ ތެރެއިން ކުރިފަޅައިގެން ނެރޭ ސްޕިން-އޮފް ފިލްމްތަކެވެ.

"ފާސްޓް އެންޑް ފިއުރަސް"  ގެ ނުވަނަ ބައިގައި، ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންތައް އެމީހުން ކުޅެފައިވާ ރޯލުން ފެނިގެންދާނެއެވެ. އެހެންނަމަވެސް "ޑްވޭން ޖޯންސަން(ދި ރޮކް)" އެއް މިފަހަރުގެ ފިލްމްގައި ފެނިގެނެއް ނުދާނެއެވެ.

ވިން ޑީޒަލްގެ އިތުރުން ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންގެ ތެރެއިން، މިޝެލް ރޯޑްރީގްއޭޒް، ޓައިރީޒް ގިބްސަން، ޖޯރޑާނާ ބްރިއުސްޓާ، ކްރިސް ބްރިޖެސް، ނެތެލީ އެމްނުއެލް، ހެލެން މިރެން، އަދި ޗާލީޒް ތްރެން، ފިލްމްގެ 9 ވަނަ ބައިން ފެނިގެންދާނެއެވެ.

މީގެ އިތުރުން، ފިލްމްގެ އާ ކާސްޓުންގެ ތެރޭގައި ހިމެނެނީ، ޖޯން ސީނާ ގެ އިތުރުން، ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އާއި އޮޒުނާ އެވެ.

ފާސްޓް އެންޑް ފިއުރިއަސްއަކީ ޔުނިވާސަލް ޕިކްޗާސް އިން ގެނެސްދޭ އެންމެ ބޮޑު ފިލްމު ފްރެންޗައިޒް އެވެ. މި ފިލްމްގެ ފުރަތަމަ ބައި ރިލީޒްކުރީ 2001 ވަނަ އަހަރުއެވެ..

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ