ގަވާއިދާ ހިލާފަށް ސައިކަލު ދުއްވި ބިދޭސީއަކު ފުލުހުންގެ ކާރެއްގައި ޖެހިއްޖެ

ވަންވޭ އެއްގައި އިދިކޮޅަށް ދުއްވާފައި ދިޔަ ބިދޭސީއަކު ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓު ވެއްޖެ އެވެ.

މި އެކްސިޑެންޓްގައި އެކަކަށްވެސް އަނިޔާވެފައިނުވާއިރު، ސައިކަލު ދުއްވަން އިން ބެދޭސީ މީހާގެ އުމުރަކީ 18 އަހަރެވެ،

ފުލުހުން ވިދާޅުވީ، ރޭ ދަންވަރު 12:00 ޖަހާ އެހާކަންހާއިރު މާލޭގެ މޫންލައިޓް ހިނގުމުގެ އިތުރު ދެކުނަށް ދުއްވަން ޖެހޭ ލޭނުގައި ގަވައިދާ ހިލާފަށް ދެކުނު އުތުރަށް ދުއްވާފައި ސައިކަލަކުން ފުލުހުންގެ ވެހިކަލެއްގައި ޖެހި އެކްސިޑެންޓުވެފައިވާ ކަމަށެވެ.

ސައިކަލު ދުއްވަން އިން ބިދޭސީ މީހާގެ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސުވެސް ނެތްކަމަށް ފުލުހުން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް