އިހީގެ މަސްވެރިކަން ކުރުމަށް ޑައިވްކުރާ މީހަކު، ޑައިވް ކުރަން އުޅެނިކޮށް ބޮޑު މަހެއް އައިސް އޭނާ ދިރުވާލި ހާދިސާއެއްގައި އޭނާ ސަލާމަތްވެއްޖެއެވެ.
އެމެރިކާގެ މާސެޗޫސެޓްސް ސްޓޭޓްގައި މޫދު ވަށައިގެން އޮންނަ ކޭޕް ކޮޑް ނަމަކަށް ކިޔާ ބިމެއްގައި ދިރިއުޅޭ މައިކަލް ޕާކަޑް ކުރާ މަސައްކަތަކީ އިހި ނެގުމުގެ މަސްވެރިކަމެވެ.
މިދިޔަ ހުކުރު ދުވަހުގެ ހެނދުނު 8 ޖެހުމުގެ ކުރިން އޭނާއާއި އޭނަގެ ކްރޫމޭޓެއް ބޯޓެއްގައި އިހި ނެގުމަށް ދިޔައީ އެ ސަރަހައްދުގެ ހެރިން ކޯވް ބީޗްގެ މޫދަށެވެ. އިހި ނެގުމަށް މައިކަލް މުދަށް ފޭބިއިރު، އޭނާ ފީނައިފައިވަނީ ގާތްގަނޑަކަށް (10 މީޓަރު) އަޑީގައި ކަމަށް އޭނާ ވަނީ ބުނެފައިވެއެވެ.
މައިކަލް ގެ ހަޔާތުގައި ހިނގި އެންމެ އާދަޔާ ހިިލާފް އަދި ހަނދާނުން ނައްތާލަން އުނދަގޫ މި ހާދިސާ ކިޔައިދެމުން އޭނާ ބުނީ، މޫދަށް އެރި އުޅެނިކޮށް ކުއްލިއަކަށް އައިސް އެއްޗެއް ގައިގައި ޖެހިގެންކަން އެނގުނުކަމަށެވެ. ނަމަވެސް ހަމަ އެވަގުތު އެއްކޮށް އަނދިރިވި ކަމަށެވެ. އަދި އަމިއްލައަށް ހަށިގަނޑު މޫވް ވާކަން ދެނެގަނެވުނު ކަމަށާއި އަދި އޭތީގެ އަނގައިން ހަށިގަނޑު ފިތޭކަންވެސް އިހުސާސްވިކަމަށް މައިކަލް ކިޔައިދީފައިވެއެވެ. ޕެކާޑް ބުނިގޮތުގައި 40 ވަރަކަށް ސިކުންތު ވަންދެން ބޮޑުމަހެއްގެ އަނގަތެރޭގައި އޭނާ އޮންނަން ޖެހުނެވެ.
މައިކަލް ބުނީ، އޭނާ އެވަގުތު ފުރަތަމަ ހީކުރީ އޭނައަށް ހަމަލާދިނީ އެ ސަރަހައްދުގައި އުޅޭ ވައިޓް ޝާކެއް ކަމަށެވެ. އަދި އެއީ އޭނަގެ އެންމެ ފަހު ވަގުތު ކަމަށްވެސް ހީކުރެވުނު ކަމަށާއި، އެވަގުތު އޭނާއަށް ވިސްނުނީ އޭނަގެ 12 އަހަރާއި 15 އަހަރުގެ ދެ ފިރިހެން ދަރިންގެ މަތިން ކަމަށް މައިކަލް ބުންޏެވެ.
ނަމަވެސް އޭތީގެ ދަތެއް ނެތްކަން އެނގުނު ހިސާބުން، ބޮޑު މަހެއް އޭނާ ދިރުވާލަން މަސައްކަތް ކުރަނީކަން އެނގުނު ކަމަށް މައިކަލް ބުންޏެވެ. އަދި ކުއްލިއަކަށް އޭތި ފެނުން މައްޗަށް އެރުމަށްފަހު އޭނާ ދިރުވާލުމަށް އުނދަގޫވެގެން އޭތި ދެފަރާތަށް ބޯ ހޫރުވާކަންވެސް އިހުސާސްވިކަމަށް އޭނާ ކިޔައިދިނެވެ. އަދި އެވަގުތު ކުއްލިއަކަށް ބޮޑު މަހުގެ އަނގަތެރެއިން ވައިގެ ތެރެއަށް އޭނާ ބޭރުކޮށްލި ކަމަށް އޭނާ ކިޔައިދިނެވެ. ބޭރުކޮށްލުމާއެކު ވައިގެ ތެރެއިން އައިސް ވެއްޓުނީ މޫދަށް ކަމަށް އޭނާ ކިޔައިދިނެވެ.
މައިކަލް އަށް މާ ސީރިއަސް އެންޖެރީތަކެއް ލިބިފައި ނުވީނަމަވެސް، އޭނަގެ ފަޔަށް ވަނީ އަނިޔާ ލިބިފައެވެ. މައިކަލް މޫދުން ބޯޓަށް ނަގައިފައި ވަނީ އޭނަގެ ކްރޫމޭޓެވެ.
އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު، އޭނަގެ ހާލު ރަނގަޅުކަމަށް އާއިލާ އިން ވަނީ ބުނެފައެވެ.
މި އާދަޔާ ހިލާފު ހާދިސާއާއި ގުޅިގެން ތަޖުރިބާކާރުން ބުނާގޮތުގައި، ބޮޑު މަހެއް މައިކަލް ދިރުވާލި ހާދިސާއަކީ އެކްސިޑެންޓަކުން ހިނގި ކަމެކެވެ. އެގޮތުން ބޮޑުމަހުގެ އަނގަތެރެއަށް މައިކަލް ދިޔައީ އޭތީގެ އަނގަހުޅުވައިގެން އަނގައިގެ ތެރެއަށް ފެން ދަމާލި ވަގުތުގައި މައިކަލްވެސް ވެސް ފެނާއެކު ގޮސްގެންނެކަމަށް އެކްސްޕާޓުން ބުނެއެވެ.
While it's tempting to nickname this guy "Jonah," the safer bet is "Pinocchio" because it also works if he's making it all up https://t.co/rWY62PjaOI
— Frank Lesser (@sadmonsters) June 12, 2021




