ޔަޝްފާ، ޖުހައިނާ، ޚަލީލް އަދި އަޙްމަދު ހުސައިން ކޮންގްރެސް ޕްރައިމަރީ ކާމިޔާބު ކޮށްފި

ޔަޝްފާ، ޖުހައިނާ، ޚަލީލް އަދި އަޙްމަދު ހުސައިން ކޮންގްރެސްގެ މަޖިލިސް ޕްރައިމަރީ ކާމިޔާބުކޮށްފިއެވެ.

މިއަދު ހަވީރު ބޭއްވި ކޮންގްރެސް މަކުނުދޫ ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ޔަޝްފާ ޢަބްދުލްޣަނީއެވެ. ޔަސްޔާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މާލިކް އަޙްމަދާއި ވާދަކޮށް 192 ވޯޓުގެ ތަފާތަކުންނެވެ.

އަލިފުށީ ދާއިރާގެ ޕްރައިމަރީ އަޙްމަދު ހުސައިން ކާމިޔާބު ކުރެއްވިއިރު އެންމެ ގާތުން ވާދަކުރީ ޝިފާޤް މުފީދެވެ. ޝިފާޤަށް 148 ވޯޓް ލިބިވަޑައިގެންނެވިއިރު، އަޙްމަދު ހުސައިން ހޯއްދެވީ 195 ވޯޓެވެ.

ކިނބިދޫ ދާއިރާގެ ޕްރައިމަރީ ތ.ކަނޑޫދޫ އަޙްމަދު ޚަލީލް ކާމިޔާބު ކުރެއްވިއިރު އެންމެ ގާތުން ވާދަކުރީ އަޙްމަދު ރަޝީދެވެ. އަޙްމަދު ރަޝީދަށް 111 ވޯޓް ލިބިވަޑައިގެންނެވިއިރު، އަޙްމަދު ޚަލީލް ހޯއްދެވީ 177 ވޯޓެވެ.

ކޮންގްރެސް މުލަކު ދާއިރާގެ ޕްރައިމަރީ ކާމިޔާބު ކުރެއްވީ ހ.ސޭޑީޔާޑް، މަރިޔަމް ޖުހައިނާ ޞީދިގެވެ. ޖުހައިނާ ޕްރައިމަރީ ކާމިޔާބު ކުރެއްވީ މުލަކު އަޙްމަދު ޙަސަންއާ ވާދަކޮށް 85 ވޯޓުގެ ތަފާތަކުންނެވެ.

މީގެ އިތުރުން މިއަދު ޕްރައިމަރީ ބާއްވާފައިވާ ތުލުސްދޫ ދާއިރާގެ ޓިކެޓް ހޯމް މިނިސްޓްރީގެ ކުރީގެ ނައިބު އަޙްމަދު ސިއްދީޤް ކާމިޔާބު ކުރެއްވިއިރު، ފެލިދޫ ދާއިރާ ޓިކެޓް ކަށަވަރު ކުރައްވާފައިވަނީ އެމްޑަބުލިއުއެސްސީގެ ކުރީގެ އެމްޑީ އިބްރާހީމް ފަޒުލް ރަޝީދެވެ.

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކުރީގެ ރައީސް ޔާމީންގެ ތާއީދާއެކު ކެންޑިޑޭޓުން ނެރެނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އަދި ޕީޕަލްސް ނެޝަނަލް ގޮންގްރެސް (ޕީއެންސީ) ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަނުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް