މަންމަ މަރާލައި މުޅަމަސްގަނޑު ކޭ ދަރިޔަށް 15 އަހަރުގެ ޖަލުހުކުމް

މަންމަ މަރާލައި މަންމަގެ މުޅަމަސްގަނޑު ކެއި ދަރިޔަށް 15 އަހަރުގެ ޖަލުހުކުމެއް އިއްވައިފިއެވެ.

މިހާދިސާ ހިނގައިފައިވަނީ 2019 ވަނަ އަހަރު ސުޕެއިންގައެވެ. މަންމަ މަރާލައި މަންމަގެ މުޅަ މަސްގަނޑު ކެއި ކުށް ސާބިތުވެގެން 15 އަހަރު ދުވަހުގެ ޖަލު ހުކުމް އިއްވައިފައިވަނީ އުމުރުން 28 އަހަރުގެ އަލްބާރޓޯ ސަންޗޭސް ގޮމޭޒް އަށެވެ.

މި ހުކުމުގެ އިތުރުން ގޮމޭޒްގެ މައްޗަށްވަނީ 60،000 ޕައުންޑު ބަދަލެއްގެ ގޮތުގައި އޭނާގެ ބޭބެއަށް ދިނުމަށްވެސް ހުކުމް ކޮށްފައެވެ. ކޯޓުފައި ގޮމޭޒް ބުނެފައިވަނީ މަންމަ މަރާލައިފައިވަނީ ނަފްސާނީ މައްސަލައެއް އޭނާގެ ކިބައިގައި ހުއްޓާ ކަމަށެވެ. ނަމަވެސް ކޯޓުން މިކަން ގަބޫލު ކޮށްފައެއް ނުވެއެވެ.

އަލްބާރޓޯ ސަންޗޭޒް ގޮމޭޒް ވަނީ އޭނާގެ މަންމަ މަރާލައި މުޅަމަސްގަނޑު ކައިފައި

ފުލުހުންނަށް ގޮމޭޒް އޭނާގެ މަންމަ މަރާލައިފައިވާކަން ފަޅާއަރައިފައިވަނީ އެ އާއިލާގެ ރައްޓިއްސަކު ގޮމޭޒްގެ މަންމަ އުމުރުން 60 އަހަރުގެ މަރިއާ ސޮލެޑެޑް ގޮމޭޒްގެ ހާލަތާއިމެދު ޝައްކުވެގެން ފުލުހުންނަށް ރިޕޯޓުކުރުމުން ފުލުހުން އެގެޔަށް ގޮސް ހޯދި ހޯދުމުންނެވެ. ފުލުހުންނަށްވަނީ އެގެއިގެ އެކިހިސާބުތަކުން މަރިއާ ސޮލެޑެޑް ގޮމޭޒްގެ ހަށިގަނޑުގެ ބައިތައް ފެނިފައެވެ.

ޝަރިއަތުގެ މަޖުލީހުގައި ގޮމޭޒް އޭނާގެ މަންމަ މަރާލި ކަމަށް ބުނެފައިވަނީ ކަރުގައި ހިފައި ނޭވާ ހާސްކޮށްލައިގެންނެވެ. އެއަށްފަހު މަންމަގެ މުޅަމަސްގަނޑު ބަޔެއް ކައި އަނެއްބައި އޭނާ ގެންގުޅޭ ކުއްތާއަށް ދީފައިވާކަމަށް ބުނެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
1123
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ