ގެއިން ނުކުތުމަށް ނަތަންޔާހޫ އަށް އަންގައިފި

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދިރިއުޅުނު ބޮޑުވަޒީރަށް ހާއްސަ ގެކޮޅުން ނިކުތުމަށް ދާދިފަހަކުން އިންތިހާބުވި އިޒްރޭލުގެ އާ ބޮޑު ވަޒީރު ނަފުތަލީ ބެނެޓް އަންގަވައިފިއެވެ.

މިހާރު ބޮޑުވަޒީރުކަމާއި ހަވާލުވެހުރި ނަފުތަލީ، ނަތްންޔާހޫއަށް އަންގައިފައިވަނީ ދެ ހަފްތާ ތެރޭގައި ގުދުސްގައި ހުންނަ އިޒްރޭލުގެ ބޮޑުވަޒީރަށް ހާއްސަ ގެކޮޅުގަ ނިކުތުމަށެވެ.

71 އަހަރުގެ ނަތަންޔާހޫގެ 12 އަހަރުވަންދެން ބޮޑުވަޒީރުކަން ކުރެއްވި އިރު އާއިލާއާއެކު ދިރިއުޅެމުން އައީ އެގޭގައެވެ. ދެ ހަފްތާތެރޭގައި، ގެއިން ނިކުންނަށް އަންގާފައިވާއިރު، ބޮޑުވަޒީރުގެ އޮފީސް ހުސްކޮށް، ނަފްތާލީ އާއި އޮފީސް ހަވާލުކުރުމަކީ ނަތަންޔާހޫގެ ޒިންމާއެކެވެ.

ނަތަންޔާހޫގެ 12 އަހަރުވީ އަނިޔާވެރި ވެރިކަން ނިމުމަކަށް އައިސްފައި މިވަނީ،  އިސްރާއީލްގެ ގާނޫނު ހަދާ މަޖިލީހުން ނެގި ވޯޓުގައި އާ ސަރުކާރެއް އެކުލަވާލުމަށް ކޯލިޝަން ޕާޓީއަށް އެންމެ ގިނަ ވޯޓު ލިބި، ކޯލިޝަން ޕާޓީން އިންތިހާބު ކާމިޔާބު ކުރުމާއި ގުޅިގެންނެވެ.

ސިޔާސީ ލީޑަރު ލެޕިޑް ކޯލިޝަން ސަރުކާރު އެކުލަވާލުމަށް އެއްބަސްވެފައިވަނީ، އަލްޓްރާ-ނޭޝަނަލިސްޓް ލީޑަރ ނަފްތާލީ ބެނެޓްއާއެކުއެވެ.

ކޯލިޝަން ސަރުކާރު އެކުލަވާލުމާއެކު، ކޯލިޝަން ސަރުކާރުގައި ލެފިޑް އާއި ނަފްތާލީ ބޮޑުވަޒީރުކަން ކުރާނީ، ބަހާލައިގެންނެވެ. އެގޮތުން އެންމެ ފުރަތަމަ ދެއަހަރު ބޮޑުވަޒީރުކަން ކުރާނީ ނަފްތާލީ ބެނެޓް އެވެ.

ބޮޑުވަޒީރުކަމަށް ނަފްތާލީ އިންތިހާބުވީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. އެގޮތުން ގާނޫނު ހަދާ މަޖިލީހުން ކޯލިޝަން ސަރުކާރަށް ރުހުން އޮތް ކަމަށް ވޯޓު ދިނީ 60 މެންބަރުންނެވެ. އަދި އެ ސަރުކާރަށް ރުހުން ނެތް ކަމަށް 59 މެންބަރުން ވޯޓު ދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ