ފުލުހުންގެ ބެލުމުގެ ދަށުގަައި ހުރި ފައިސާތަކެއްގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
ފުލުހުން ވިދާޅުވީ، ރޭ 22:45 ގައި، ބޮޑުތަކުރުފާނު މަގުން ހޮވައިގެން ގެނެވިފައިވާ ފައިސާތަކެއް ފުލުހުންގެ ބެލުމުގައި ދަށުގައި ހުރިކަމަށެވެ. ނަމަވެސް އެއީ ކިހާ އަދަދެއްގެ ފައިސާކަމެއް ފުލުހުން ހާމާއެއްނުކުރެއެވެ.
އެހެންކަމުން ފައިސާތަކުގެ ވެރިފަރާތުން، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމެންޓަށް ދުރުވެ ފައިސާތަކާއި ހަވާލުވުމަށާ އެދޭކަަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައިވާ ޖީޕީއެސް އަކާއި ފިޝް ކޮމްބޯ އެއްގެ ވެރިފަރާތް ހޯދުމަށްވެސް ފުލުހުން ވަނީ މިއަދު އިއުލާންކޮށްފައެވެ.



