ޖިންސީ ފުރައްސާރަ ކުރި ލެކްޗަރަރ ވަޒީފާއިން ވަކިކޮށްފި

އައްޑޫ ސިޓީ އިން މާލެއަށް ދަތުރުކުރި ފްލައިޓްގެ ތެރޭގައި ދިވެހި ޒުވާން އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރި މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ލެކްޗަރާ ވަޒީފާ ވަކިކޮށްފި އެވެ.

މީޑިއާއަށް މައުލޫމާތު ދެމުން އެމްއެންޔޫ އިން ވިދާޅުވީ، އެމްއެންޔޫގެ ލެކްޗަރާއަކު އަންހެން ކުއްޖަކަށް ޖިންސީ ފުރައްސާރަ ކުރިކަމުގެ ހަބަރުތައް ފެތުރުމާއެކު ވަގުތުން އެ ލެކްޗަރާ ސަސްޕެންޑް ކޮށްފައިވާނެ ކަމަށާއި، އަދި މިހާރު އެ ލެކްޗަރަރ ވަނީ ވަޒީފާއިން ވަކިކުެރވިފައި ކަމަށެވެ.

މި މައްސަލައިގައި ކަނޑާލި ލެކްޗަރަރ އަކީ އެމްއެންޔޫ ތިނަދޫ ކެމްޕަހުގައި ފާމަސީ ކޯހުގެ ހަތަރު މާއްދާއެއް ކިޔަވައިދޭ ލެކްޗަރަރ އަނީސް މަރިއަމަތިއަސްއެވެ.

ޖިންސީ ފުރައްސާރ ކުރިމަތިވި އެ އަންހެންކުއްޖާ މި ވާހަކަ ފޭސްބުކްގައި ހިއްސާކޮށްފައިވާއިރު، އެ ކުއްޖާ އެ ލެކްޗަރާރ އަކީ، އޭނާގެ ކުރީ ޝީޓުގައި އިން މީހެއް ކަމަށާއި، މަތިންދާ ބޯޓަށް އަރާ، ބޯޓު ވެލާނާ އެއާޕޯޓްގައި ޖައްސަންދެން އެ މީހާ އޭނާއަށް އެކި ގޮތްގޮތުން ފުރައްސާ ކުރަމުން ދިޔަ ކަމަށެވެ.

އެގޮތުން ފަހަތަށް އެނބުރި އޭނާއާ ދިމާލަށް ބަލައި، ޖިންސީ ފުރައްސާކޮށް، ފޯނުންވެސް ފާޑު ފާޑު އެއްޗެހި ދެއްކި ކަމަށް އޭނާ ބުންޏެވެ. އަދި އަނގައިންނާއި އަތުންވެސް ޖިންސީ ކަންކަމަށް ހިތްވަރުދޭގޮތަށް އޭނާ ކަންތައް ކުރި ކަމަށާއި، އެކަން ހުއްޓާލަން އެދުނު ނަމަވެސް އޭނާ އެކަން ކުރަމުންދިޔަކަން އޭނާ ފާހަގަކުރިއެވެ.

މި މައްސަލަ ފްލައިޓް ކްރޫންނަށްވެސް އެންގި ކަން އެކުއްޖާ ފާހަގަކޮށްފައިވާއިރު، ފުލުހުން މިހާރު އަންނަނީ މި މައްސަލަ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް