"ފާސްޓް އެންޑް ފިއުރިއަސް 9" ރިލީޒްކުރުން އަންނަ ހުކުރު ދުވަހު!

ގިނަބަޔަކު އިންތިޒާރުކުރަމުން އަންނަ ހޮލީވުޑްގެ ކާމިޔާބު ފްރެންޗައިޒް "ފާސްޓް އެންޑް ފިއުރިއަސް" ގެ 9 ވަނަ ބައި އަންނަ ހުކުރު ދުވަހު ރިލީޒްކުރުމަށް ތާވަލްކޮށްފިއެވެ. މި ފިލްމް ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ، ސްޓްރީމިން ޕްލެޓްފޯމުތަކުގައެވެ.

މިފަހަރުގެ ފިލްމްގައިވެސް ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންތައް އެމީހުން ކުޅެފައިވާ ރޯލުން ފެނިގެންދާނެއެވެ. އެހެންނަމަވެސް "ޑްވޭން ޖޯންސަން(ދި ރޮކް)" އެއް މިފަހަރުގެ ފިލްމްގައި ފެނިގެނެއް ނުދާނެއެވެ.

ވިން ޑީޒަލްގެ އިތުރުން ކުރީގެ ފިލްމްތަކުން ފެނިގެންދިޔަ ތަރިންގެ ތެރެއިން، މިޝެލް ރޯޑްރީގްއޭޒް، ޓައިރީޒް ގިބްސަން، ޖޯރޑާނާ ބްރިއުސްޓާ، ކްރިސް ބްރިޖެސް، ނެތެލީ އެމްނުއެލް، ހެލެން މިރެން، އަދި ޗާލީޒް ތްރެން، ފިލްމްގެ 9 ވަނަ ބައިން ފެނިގެންދާނެއެވެ.

މީގެ އިތުރުން، ފިލްމްގެ އާ ކާސްޓުންގެ ތެރޭގައި ހިމެނެނީ، ޖޯން ސީނާ ގެ އިތުރުން، ރެޕް ލަވަކިޔުންތެރިޔާ ކާޑީ ބީ އާއި އޮޒުނާ އެވެ.

ފާސްޓް އެންޑް ފިއުރިއަސްއަކީ ޔުނިވާސަލް ޕިކްޗާސް އިން ގެނެސްދޭ އެންމެ ބޮޑު ފިލްމު ފްރެންޗައިޒް އެވެ. މި ފިލްމްގެ ފުރަތަމަ ބައި ރިލީޒްކުރީ 2001 ވަނަ އަހަރުއެވެ.

މި ފިލްމް ފެށިގެން އައިރު، ފިލްމްގައި ހަރަކާތްތެރިވި ލީޑު ތަރި "ޕޯލް ވޯކަރ" ވަނީ ކާރު އެކްސިޑެންޓެއްގައި 2013 ވަނަ އަހަރު މަރުވެފައެވެ.އަދި މި ފްރެންޗައިޒްގެ 7 ވަނަ ބަޔަކީ ޕޯލް ވޯކަރ އެންމެ ފަހުން ފެނިގެންދިޔަ ފިލްމްވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ