މަސައްކަތުގެ މާހައުލުގައި ދިމާވާ ހާސްވުމާއި ކަނބޮޑުވުން ފިލުވާލުމަށް ޑޭޓިން އެޕްލިކޭޝަނެއް ކަމަށްވާ "ބަމްބަލް" އިން އެ ކުންފުނީގެ މުވައްޒަފުންނަށް އެއް ހަފްތާގެ ޗުއްޓީ ދީފިއެވެ.
ކުންފުނީގެ އިސްވެރިއަކު މީސްމީޑިއާ ޓުވިޓާގައި ބުނެފައިވަނީ، އެ ކުންފުނީގެ ފައުންޑަރ ވިޓްނީ ވޮލްފް ހާރޑްވަނީ މިހަފްތާގައި އެ ކުންފުނީގެ އެންމެހާ އޮފީސްތައް ވަގުތީގޮތުން ބަންދުކުރުމަށް އަންގައި ކުންފުނީގައި މަސައްކަތްކުރާ 700 މުވައްޒަފުންނަށް އެއްހަފްތާގެ ޗުއްޓީ ނެގުމަށް އަންގައިފައި ކަމަށެވެ.
އެހެން ގިނަ ކުންފުނިތަކާއި ހިލާފަށް މިދިޔައަހަރާއި މި އަހަރަކީ ބަމްބަލް އަށް ވަރަށް ވިޔަފާރި ރަނގަޅު އަހަރެކެވެ. މިގޮތުން ކުންފުނީގެ އެޕްލިކޭޝަން ބޭނުންކުރާ މީހުންގެ އަދަދު އިތުރުވެ ކުންފުނިވަނީ ހިއްސާގެ ބާޒާރަށްވެސް ވަދެފައެވެ.
ބަމްބަލް އެޕްލިކޭޝަނަކީ ހަޔާތުގެ ބައިވެރިއަކު އިހުތިޔާރު ކުރުމުގައި އަންހެނުން ބޭނުން މީހަކު އިހުތިޔާރު ކުރުމަށް ހާއްސަ އެޕްލިކޭޝަނެކެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ގޭގައި ގިނަ ބަޔަކު ތިބެން ޖެހުމުގެ ސަބަބުން މި އެޕްލިކޭޝަންގެ މަގުބޫލުކަން އައްނަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ.
ބަމްބަލް ކުންފުނީގެ ފައުންޑަރ ވެގެން ގޮސްފައިވަނީ އެންމެ ޒުވާން އުމުރުގައި ކުންފުންޏެއް ޕަބްލިކް ކުންފުންޏަކަށް ހަދައި ހިއްސާގެ ބާޒާރުގައި ލިސްޓުކުރި އަންހެނާއަށެވެ. ވިޓްނީ ވޮލްފް ހާރޑްގެ އުމުރަކީ 31 އަހަރެވެ.




