ޖޯޖް ފްލޮއިޑް މަރާލި ފުލުސް އޮފިސަރު 22 އަހަރަށް ޖަލަށް!

އެމެރިކާގެ ކަޅު ނަސްލުގެ މީހެއްކަމަށްވާ ޖޯޖް ފްލޮއިޑް މަރާލި ކަމުގެ ކުށް ސާބިތުވެފައިވާ ފުލުސް އޮފިސަރ ޑެރެކް ޝޮވިންގް 22 އަހަރާ ހަމަަހަށް ޖަލަށްލާން ހުކުމް ކޮށްފިއެވެ.

46 އަހަރުގެ ޖޯޖް ފްލޮއިޑް މަރުވެފައި ވަނީ 2020 ވަނަ އަހަރު މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ މަރުވެފައި ވަނީ، ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ހުދު ނަސްލުގެ ފުލުސް މީހާ، ޑެރެކް ޝޮވިންގް ކަންތައްކޮށްފައިވާ ލާ އިންސާނީ އަމަލުގެ ސަބަބުންނެވެ.

އެގޮތުން އެމެރިކާގެ މިނިއާޕޮލިސްގައި ހިނގި މި ހާދިސާގައި ޖޯޖް ހައްޔަރުކުރުމަށް ފަހަތަށް ބިޑިއަޅުވައި ބިންމައްޗަށް ވައްޓާލައި އޭނާ ގެ ކަރަށް ފައިން އަރައި ގަސްތުގައި މަރާލިކަމަށް ފުލުސް އޮފިސަރު ޑެރެކް ޝައުވިންގް ގެ މައްޗަށް ވަނި ކުށް ސާބިތުވެފައެވެ. ޕްރޮސެކިއުޓަރުންގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ފްލޮއިޑުގެ ކަރަށް ފުލުސް އޮފިސަރު ޝައުވިން ކަކުލުން އަރައިގެން، އަށް މިނިޓް 46 ސިކުންތު ވަންދެން އިނެވެ.

ފްލޮއިޑް ހައްޔަރު ކުރަން އުޅުނީ އޭނާ ސައްހަ ނޫން 20 ޑޮލަރު ގެންގުޅުނު މައްސަލައަކާއި ގުޅިގެންނެވެ.

ޝޮވިންގެ މައްޗަށް ގަސްތަކާ ނުލައި މީހަކު މެރުމުގެ ތިން ދައުވާ ސާބިތުވެފައިވާއިރު، މީހަކު މަރާލުމުގެ ދައުވާ ޝޮވިންގެ މައްޗަށް ސާބިތުވުމާއި ގުޅިގެން ވައިޓް ހައުސްގެ ތަރުޖަމާނު ވިދާޅުވީ، ދައުވާ ސާބިތުވުމުން ރައީސް ޖޯ ބައިޑެން ހިތްޕުޅު ހަމަޖެހިވަޑައިގެން ފްލޮއިޑްގެ އާއިލާގެ މެންބަރުންނަށް ފޯނުން ގުޅުއްވަައި ފްލައިޑަށާއި އާއިލާއަށް އިންސާފު ލިބުނީތީ އެކަމާމެދު ހިތްޕުޅުހަމަޖެހުން ފާޅުކުރައްވާފައިވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ