މަޝްހޫރު އަންހެން ރެޕް އާޓިސްޓް ކާޑީ ބީ، އާއި އޭނަގެ ފިރިމީހާ އޮފްސެޓް އަށް ދެވަނަ ދަރިއަކު ލިބެން އުޅޭކަން އިއުލާންކޮށްފިއެވެ.
މި ހަބަރު އިއުލާންކުރީ މި މަހުގެ 27 ގައި ބޭއްވި މުއިޒިކް އެވޯޑް ޝޯ "ބީއީޓީ އެވޯޑްސް 2021" ގައި ކާޑީ ދިން ޕަރފޯމެންސް ގެ ތެރެއިން ސްޓޭޖް މަތީ އިނދެއެވެ.
އަންނަ މަހު ތިން އަހަރު ފުރޭ ކާޑީ ބީ އާއި އޮފްސެޓްގެ ފުރަތަމަ ދަރިފުޅު ލިބެން އުޅޭކަންވެސް ކާޑީ ބީ އިއުލާންކުރީ ހަމައެގޮތަށް ލައިވް ޕަރފޯމެންސެއްގެ ތެރެއިންނެވެ. ކާޑީ ބީގެ އަލަތު ދަރިފުޅަކީ އަންހެން ކުއްޖެކެވެ.
މި ދެމީހުންނަށް ދެވަނަ ކުއްޖަކު ލިބެން އުޅޭއިރު، 2019 ވަނަ އަހަރު މި ދެބައިވެރިން ވަނީ ވަރިވާންވެސް ނިންމައިފައެވެ. ނަމަވެސް މިދިޔަ އަހަރު މި ނިންމުން ބަދަލުކޮށް ދެމީހުން ވަރިނުވާން ވަނީ ނިއްމައިފައެވެ.




