ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް އައްޑޫގައި ބާއްވަނީ

ބައިނަލްއަގްވާމީ ފުޓްބޯޅަ މުބާރާތެއް ކަމަށްވާ ޔޫއޭފާ އަންޑަރ 15 އިންޓަނޭޝަނަލް ފުޓްބޯޅަ މުބާރާތް އައްޑޫ ސިޓީގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ބޫޓާން، ސައުދީ އަރަބިޔާ އަދި ލަޓްވިޔާގެ ފަނަރަ އަހަރުން ދަށުގެ ޤައުމީ ޓީމުން ވާދަކުރާނެއެވެ. މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 20 ވަނަ ދުވަހުން 29 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މުބާރާތުގައި ބައިވެރިވާ ޓީމުތަކުން އަންނަ މަހުގެ 18 ވަނަ ދުވަހު އައްޑޫ ސިޓީ އަށް އައުމަށް ހަމަޖެހިފައި ވެއެވެ.

މުބާރާތް ބާއްވަނީ އެފްއޭއެމް އާއި ޔޫތު މިނިސްޓްރީ އަދި ޔޫއޭފާ ގުޅިގެންނެވެ. މިއީ މިމުބާރާތް ރާއްޖޭގައި ބާއްވާ ފުރަތަމަ ފަހަރެވެ.

މުބާރާތުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމްގައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ