ޑރ. އިޔާޒް: ފޮޓޯ - އަވަސް

ޑރ. އިޔާޒު ވަޒީފާ އިން ވަކިކޮށްފި

މޯލްޑިވްސް ނެޝެނަލް ޔުނިވާސިޓީ(އެމްއެންޔޫ)ގެ އެސިސްޓެންޓް ޕްރޮފެސަރގެ މަޤާމުން ޑރ. މުހަންމަދު އިޔާޒު އަބްދުއްލަތީފު މިއަދު ވަކިކޮށްފި އެވެ.

ރާއްޖޭގެ ނޫސް "ސަން" ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، ޑރ. އިޔާޒު އެ މަޤާމުން ވަކިކުރި ކަން އެމްއެންޔޫގެ ވައިސް ޗާންސެލަރު މުހައްމަދު ޝަރީޕް ވަނީ އެ ނޫހަށް ކަށަވަރުކޮށްދީފައެވެ.

ޑރ. އިޔާޒު ވަޒީފާއިން ވަކިކޮށްފައި ވާއިރު، ސޯޝަލް މީޑިއާގައި ކުރާ ޕޯސްޓުތަކާއި ގުޅިގެން މިއަހަރުގެ މާޗް މަހު ޔުނިވާސިޓީން އޭނާ ވަނީ 14 ދުވަހަށް ސަސްޕެންޑް ވެސް ކޮށްފައެވެ.

"ސަން" އަށް މައުލޫމާތު ދެމުން ޝަރީފް ވިދާޅުވީ ޑރ. އިޔާޒް މަގާމުން ވަކިކޮށްފައިވަނީ ސޯޝަލް މީޑިއާ ގައި ކުރައްވާ ޕޯސްޓްތަކާ ގުޅިގެން ތަކުރާރުކޮށް ނަސޭހަތް ދިނުމުންވެސް އެކަންކަން އިސްލާހު ނުކުރުމުންކަމަށެވެ. އަދި ޑރ. އިޔާޒް ހަރުކަށި ފިކުރަށް ހިތްވަރުދޭފަދަ ޒާތަކަށް އަމަލުކުރަމުން ގެންދިޔުމަކީ ވެސް ވަޒީފާ އިން ވަކިކުރި ސަބަބެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީދް ވިދާޅުވީ، ތިން ފަހަރު ނަސޭހަތް ލައިދީގެން އަދި ދެ ފަހަރު ލިޔުމުންވެސް ނަސޭހަތް ލައިދީގެން އިސްލާހުނުވުމުން މިހާރު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އަންހެން ކުދިން ހިތާނަ ކުރުމާ ގުޅޭގޮތުން މިފަހަކުން ޑރ. އިޔާޒު ދެއްކެވި ވާހަކަތަކާއި ގުޅިގެންވެސް އޭނާއަށް ވަނީ ގިނަ ބަޔަކު ފާޑުކިޔާފައެވެ. އެގޮތުން އަންހެން ކުދިން ޚިތާނު ކުރުމަށް ހިތްވަރު ދިންކަމަށް ބުނެ އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ހިއުމަން ރައިޓްސް އަދި ޖެންޑާ ކޮމިޓީއިން ބަލައިދިނުމަށްވެސް ވަނީ ހުށަހަޅައިފައެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ