ކުޅަދާނަ ލަވަކިޔުންތެރިޔާ ކަމީލާ ކަބޭލޯގެ ފުރަތަމަ ފިލްމް، "ސިންދްރެއްލާ"ގެ ޓީޒާ އެއް ދައްކާލައިފިއެވެ.
އެމެޒަން ޕްރައިމް ވީޑިއޯއިން ގެނެސްދޭ ފެއާރީ ޓޭލް "ސިންދްރެއްލާ"ގެ އައު ލައިވް އެކްޝަން މި ފިލްމްގައި، "ސިންދްރެއްލާ"ގެ ރޯލުން ކަމީލާ ފެނިގެންދާއިރު، ޕްރިންސްގެ ރޯލުން ފެނިގެންދާނީ ނިކޮލަސް ގެލަޒީން އެވެ.
ކެނަން ޑައިރެކްޓްކުރާ އެ ފިލްމުގެ ޕްރޮޑިއުސަރުންނަކީ ޖޭމްސް ކޯޑެން އާއި ޝެނޮން އެވެ. ފިލްމުގެ ވާހަކަވެސް ލިޔެފައިވަނީ ޑައިރެކްޓަރ ކެނަން އެވެ.
ފިލްމްގެ އިތުރު ކާސްޓުންއަށް ބަލާއިރު، އިޑީނާ މެންޒެލް ދޮންމަންމަގެ ރޯލުން ފެނިގެންދާއިރު ސިންދްރެއްލާގެ ސްޓެޕް ސިސްޓާސްގެ ރޯލުން ފެނިގެންދާނީ މެޑީ ބެއިލިއޯ އާއި ޗާލޮޓް ސްޕެންސާއެވެ. އަދި ފިލްމުގައި ގޯޑް މަދާގެ ރޯލުން ފެނިގެންދާނީ ބިލީ ޕޯޓާ އެވެ.
މި ފިލްމް ކޮވިޑްގެ ހާލަތާއި ގުޅިގެން ސިނަމާތަކުގައި އަޅުވާގޮތަށް އަދި ނެތަސް، ފިލްމް ރިލީޒްކުރާނީ ސެޕްޓެމްބަރު 3 ގައި ޕްރައިމް ވީޑިއޯ އިންނެވެ.
މި ފިލްމްގައި އޭލިސްޓުންގެ ލަވަކިޔުންތެރިން ސްޓާރުންގެ ގޮތުގައި ފެނިގެންދާއިރު، މި ފިލްމަކީ ފޭނުން ވަރަށް އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.



