ބޯއިން ކާގޯ ޖެޓެއް އުދުއްސާލިތާ ކުޑައިރުކޮޅެއްގެތެރޭ ވެއްޓިއްޖެ

އިންޖީނަށް ދިމާވި މައްސަލައެއްގައި ބޯއިން ކުންފުނީގެ 737 މަރުކާގެ މުދާއުފުލުމަށް ހާއްސަ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

ފެޑަރަލް އޭވިއޭޝަން އޮތޯރިޓީ (އެފް.އޭ.އޭ) އިން މައުލޫމާތު ދޭގޮތުގައި މި ބޯޓު ވެއްޓިފައިވަނީ ހަވާއީގެ ކައިރިން މޫދަށެވެ. މިބޯޓުގައި ދަތުރުކުރި ދެމީހުން ކޯސްޓްގާޑުންވަނީ ސަލާމަތް ކޮށްފައެވެ.

ބޯޓު ވެއްޓުނު ހާދިސާ އެފްއޭއޭ އިންނާއި ނޭޝަނަލް ޓްރާންސްޕްޓޭޝަން ސޭފްޓީ ބޯޑުން ތަހުގީގު ކުރަމުންދާއިރު ބޯޓު ވެއްޓިފައިވަނީ ދަތުރު ފެށިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން އެއާޕޯޓުން ނައްޓާލިފަހުން ބޯޓު ދަތުރުކޮށްފައިވަނީ ގާތްގަނޑަކަށް ދެމެއިލް ކަމަށް ބޭރުގެ ޚަބަރު ފަތުރާ އިދާރާތަކުން މައުލޫމާތު ދެއެވެ.

ފުލައިޓް ޓުރެކިން ވެބްސައިޓެއް ކަމަށްވާ ޕުލައިޓްރާޑަރ24 އިން މައުލޫމާތުދޭގޮތުގައި، ވެއްޓުނު މުދާއުފުލާ މަތިންދާބޯޓަކީ 2014 ވަނަ އަހަރުން ފެށިގެން ކެރިއަރ ޓްރާންސެއާރ އިން ބޭނުން ކުރަމުން އަންނަ ބޯޓެއް ކަމަށެވެ. މީގެއިތުރުން މި ބޯޓު އުފައްދައިފައިވަނީ 1975 ވަނަ އަހަރު ޕެސިފިކް ވެސްޓާރން އެއާލައިނައް ކަމަށްވެސް އެ ވެބްސައިޓުން މައުލޫމާތު ދެއެވެ.

ޓްރާންސެއާރ އަކީ 1982 ވަނަ އަހަރުން ފެށިގެން ވައިގެމަގުން މުދާއުފުލުމުގެ ހިދުމަތް ދެމުން އަންނަ ކުންފުންޏެކެވެ. އެ ކުންފުނީގައި ބޯއިން ކުންފުނީގެ 737 މަރުކާގެ ފަސްބޯޓު އޮންނައިރު ޓްރާންސެއާރ އަކީ ހަވާއީގައި ވައިގެމަގުން މުދާ އުފުލުމުގައި އެންމެ މައްޝޫރު އެއް ކުންފުންޏެވެ.

މިހާދިސާ ހިނގި އިރު ބޯޓު ދުއްވަން ތިބި ދެ ޕައިލެޓުން ކޯސްޓްގާޑުން ސަލާމަތްކޮށްފައިވާއިރު އެކަކުގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މިލިޔުން ކިޔާލުމުން
11
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ