އައިޖީއެމްހޮސްޕިޓަލް ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ - ފެށުން ފޮޓޯ: ހުސައިން ވަހީދު

ހޮސްޕިޓަލަށް ގޮސްގެން ފަރުވާދޭން އައިޖީއެމްއެޗް އިން މާދަމާ ފަށަނީ

ކޮވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދުގެ ހާލަތު ވަރަށް ބޮޑަށް ގޯހަށް ދިއުމާއެކު އައިޖީއެމްއެޗް އިން މެދުކަނޑާލާފައި އޮތް، ހޮސްޕިޓަލަށް ގޮސްގެން އާންމު ބަލިތަކަށް ފަރުވާ ހޯދުމުގެ ޚިދުމަތް އަލުން މާދަމާ ފަށަން ނިންމައިފިއެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލުން ވިދާޅުވެފައި ވަނީ މާދަމަ އޯޕީޑީގެ އިތުރުން ފިޒިއޮތެރަޕީ އާއި އޮކިއުޕޭޝަނަލްތެރަޕީ ސެޝަންތައް ވެސް ފެށުމަށް ވަނީ ހަމަޖެހިފައިކަމަށެވެ.

މިގޮތަށް ނިންމާފައި މިވަނީ ކޮވިޑް-19 ގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައި ވާތީ، އެކަމާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދޭން ފެށުމާއި ގުޅިގެންނެވެ.

ކޮވިޑް-19 ހާލަތު މާލެ ސަރަހައްދުގައި ވަރަށް ބޮޑަށް ގޯސްވުމައި ގުޅިގެން ސަރުކާރުން އޮތީ ވަރަށް ހަރުކަށި ފިޔަވަޅު ތަކެއް އަޅާފައެވެ.

މީގެ އިތުރުން އައިޖީއެމް ހޮސްޕިޓަލުންވެސް ކޮވިޑާއި ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވާއިރު، ކޮވިޑްގެ ހަލަތު ރަނގަޅު ވަމުން އަންނާތީ ޚިދުމަތްތައް ދަނީ އިތުރުކުރަމުންނެވެ.

އައިޖީއެމްއެޗް އިން ވިދާޅުވި ގޮތުގައި ނަފުސާނީ ބަލިތަކަށް ފަރުވާ ދިނުމުގެ ޚިދުމަތްތައް ހޮސްޕިޓަލަށް މީހުން ގެންގޮސްގެން މާދަމާ ދޭންފަށާނެއެވެ. މި ޚިދުމަތްވެސް ކުރިން ދެމުން ގެންގޮސްފައި ވަނި އޮންލައިންކޮށެވެ.

މީގެ އިތުރުންވެސް ކޮވިޑާއި ގުޅިގެން މެދުކަނޑާލި ގިނަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުން މާދަމާ ދޭންފަށާނެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ