15 އަހަރަށްފަހު އާމިރު ހާން އާއި ކިރަން ރާއޯގެ ކައިވެނި ނިމުމަކަށް!

ބޮލީވުޑްގެ މަޝްހޫރު އެކްޓަރ އާމިރު ހާން އާއި ކިރަން ރާއޯ ވަރިވެއްޖެއެވެ.

އާމިރު ހާންއާއި، ކިރަން ރާއޯ  ވަރިވިކަން އިއުލާންކޮށްފައިވަނީ، ދެމީހުންގެ ފަރާތުން އިއްޔެ ނެރުނު ބަޔާނެއްގައެވެ. ކައިވެނިކޮށްގެން އުޅޭތާ 15 އަހަރު ފަހުން ދެމީހުން ވަރިވެފައިވާއިރު، މި ދެމީހުން ކައިވެންޏަށް ވަނީ ފިރިހެން ދަރިއަކު ލިބިފައެވެ.

ދެމީހުންގެ ފަރާތުން ނެރުނު މި ބަޔާނުގައި ބުނީ، އެކުގައި ހޭދަކުރެވުނު 15 އަހަރަކީ އެތައް ކަމެއް ދެމީހުންގެ އެކުގައި ތަޖުރިބާކޮށް، އުފަލާއި، މަޖަލުގައި، ހޭދަވި ދުވަސްތަކެއް ކަމަށެވެ. އަދި އެ ގުޅުމަކީ، އިހުތިރާމާއި، އިތުބާރު އަދި ލޯތްބާއެކު ބިނާވި ގުޅުމެއް ކަމަށް ބުނެފައިވެއެވެ.

މި ބަޔާނުގައި އިތުރަށް ބުނީ، ދެމީހުން ވަކިވާން ނިއްމާފައި މިވަނީ، ދެ މީހުން އަމިއްލަ އަށް އެއްބަސްވެގެން ކަމަށެވެ. އަދި ވަކިވިޔަސް ދަރިފުޅުގެ ކަންކަމުގައި އެއްވަރަކަށް ހިއްސާވާނެ ކަމަށް ބުނެފައިވެއެވެ.

މި ބަޔާނުގައި ވާގޮތުން، ދެމީހުން ވަކިން އުޅެމުންދާތާ އަދި ވަކިވާން ވިސްނާތާ މިހާރު ކުޑަދުވަސްކޮޅެއް ވެއްޖެއެވެ.

އާމިރު ހާނާއި، ކިރަން ރާއޯ ފުރަތަމަ ދިމާވެފައިވަނީ 2001 ވަނަ އަހަރު ހިންދީ ފިލްމް ލަގާން ކުޅުން އިރުއެވެ. މި ދެމީހުން ކައިވެނި ކޮށްފައިވަނީ 2005 ވަނަ އަހަރުއެވެ. .އަދި އެ ކައިވެންޏަށް ސަރޮގޭޓްކޮށްގެން ހޯދި ދަރިފުޅު އާޒާރު ރާއޯ ޚާނަށް މިހާރު 9 އަހަރެވެ.

ކިރަން އާއި ކައިވެނިކުރުމުގެ ކުރިން، . 1986 ވަނަ އަހަރު އާމިރު ވަނީ ރީނާ ދައްތާއާ ކައިވެނިކޮށްފައެވެ. 2002 ވަނަ އަހަރު އެ ކައިވެނި ރޫޅުނުއިރު، އެ ކައިވެންޏަށް 2  ދަރިން ލިބިފައިވެއެވެ. އެއީ ޖުނައިދު ހާން އާއި، އިރާ ހާންއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ