މިވަގުތު ދުނިޔޭގެ އެންމެ މުއްސަނދި މީހުންގެ ލިސްޓުގެ އެއްވަނައިގައި އޮތް، އެމަޒޯން ކުންފުނީގެ ވެރިޔާ އަދި ބިލިއަނަރ ޖެފް ބޭޒޮސް އެ ކުންފުނީގެ ސީއީއޯ ކަމުން ވަކިވެއްޖެއެވެ.
ސީއީއޯގެ މަޤާމުން ޖެފް ބޭޒޮސް ރަސްމީކޮށް އެކަހެރިވެ ވަޑައިގަނެފައިވަނީ، ޖުލައި 5 ވަނަ ދުވަހުއެވެ. ޖެފް ބޭޒޮސް އެމެޒޯންގެ ސީއީއޯ ކަމުން ވަކިވެފައި މިވަނީ، އެ ކުންފުނި ވުޖޫދަށް އައިތާ 27 އަހަރު ފަހުން ހަމަ އެ ދުވަހުއެވެ. އެމެޒޯންކުންފުނި ވުޖޫދަށް އައިސްފައިވަނީ، 1994 ވަނަ އަހަރުގެ ޖުލައި 5 ގައެވެ.
ސީއީއޯގެ މަޤާމުން ޖެފް ބެޒޯސް އެކަހެރިވުމާއެކު، އެ ކުންފުނީގެ ވެރިޔާގެ މަޤަމާއި ދެން ހަވާލުވާނީ، އެ ކުންފުނީގެ ހެޑް އެންޑީ ޖޭސީ އެވެ. އަދި އެއާއެކު، 57 އަހަރުގެ ޖެފް ބެޒޯސް، ދެން ހަވާލުވާނީ، އެމަޒޯން ކުންފުނީގެ ބޯޑުގެ އެކްޒިކިއުޓިވް ޗެއާމަން ގެ މަޤާމާއެވެ.
ބްލޫމްބަރގް ބިލިއަނަރސް އިންޑެކްސް އިން ދައްކާގޮތުގައި، ޖެފް ބޭޒޮސްގެ މިލްކިއްޔާތުގައި މިވަގުތު 203 ބިލިއަން ޑޮލަރު އެބަހުއްޓެވެ.
ޖެފް ހާމަކޮށްފައިވާ ގޮތުގައި، ސީއީއޯ ކަމުން އެކަހެރިވަނީ، އޭނަގެ އެހެން "ޕެޝަން"ތަކަށް ނުވަތަ އާ ކަންތައްތަކަށް ގިނަ ވަގުތު ހޭދަކުރުމުގެ މަޤުސަދުގައެވެ.
އެމަޒޯންގެ އިތުރުން، ބްލޫ އޮރޖިން އަދި ދަ ވޮޝިންގްޓަން ޕޯސްޓަކީވެސް ޖެފް ގެ ދެ ކުންފުންޏެވެ. އަދި މީގެ އިތުރުން، ޗެރިޓެބަލް ދެ ކުންފުނި ކަމުގައިވާ ދަ ޑޭ ވަމް ފަންޑް، އަދި ބޭޒޮސް އާތް ފަންޑަކީވެސް ޖެފް ފައްޓަވާފައިވާ މަސައްކަތެކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގެ މި މަސައްކަތްތަކަށް އިތުރަށް ސަމާލުކަން ދޭނެކަމަށް ޖެފް ބުނެފައިވެއެވެ.
އޮންލައިންކޮށް ފޮތް ވިއްކާ ކުންފުނުންޏެއްގެ ގޮތުގައި ޖެފް ބެޒޯސް މި ކުންފުނި އުފައްދަވާފައިވަނީ 1994 ވަނަ އަހަރުއެވެ. އަދި އޮންލައިން ވިޔަފާރި ފުޅާވަމުން އައިސް 2017 ވަނަ އަހަރު ގްރޯސަރީ ސްޓޯ ޗެއިންއެއްވެސް އެމަޒޯންގައި ވަނީ ހުޅުވާފައެވެ.




