އުރީދޫގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާނެ!

އުރީދޫ މޯލްޑިވްސްގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާނެކަމަށް އެކުންފުނިން ބުނެފިއެވެ.

އުރީދޫއިން ބުނީ، މެއިންޓެނެންސްގެ މަސައްކަތެއް މިރޭ ކުރުމަށް ހަމަޖެހިފައިވާތީ އުރީދޫ މޯލްޑިވްސްގެ ޚިދުމަތްތަކަށް މިރޭ ބުރޫ އަރާނެކަމަށެވެ.

އެގޮތުން މިމަސައްކަތްކުރުމަށް ހަމަޖެހިފައިވަނީ މިރޭ މެންދަމު 03:00 އިން ހެނދުނު 06:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށްވެސް އުރީދޫއިން ބުނެއެވެ. އުރީދޫއިން ބުނީ މިމަސައްކަތަށް ނަގާނީ އެންމެ 5 މިނަޓްކަމަށެވެ.

އަދި މިމަސައްކަތުގައި ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށް އުރީދޫއިންވަނީ މަޢާފަށް އެދިފައެވެ.

އޫރިދޫއަކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ ކުންފުނި ތަކުގެ ތެރެއިން އެންމެ ބޮޑު އެއް ކުންފުންޏެވެ. އުރީދޫއިން ރާއްޖޭގައި ޚިދުމަތް ދޭން ފަށާފައިވަނީ 2005 ވަނަ އަހަރުން ފެށިގެންނެވެ. އަދި ގިނަ ބަޔަކު އުރީދޫ ނެޓްވޯޓް ބޭނުން ކުރަމުންދާއިރު، އެކުންފުނިން ވަނީ ރާއްޖޭގެ މުވާސަލާތީ ޚިދުމަތަށް ވަރަށް ބޮޑު އިންގިލާބެއް ގެނުވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ