ބޮންގޮއްވާލިކަމަށް ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްގެން ގެންދަނީ - ފޮޓޯ: ސަން

ނަޝީދަށް ދިން ހަމަލާގައި ތުހުމަތުކުރެވޭ 3 މީހަކު ދޫކޮށްލައިފި

މަޖިލީހުގެ ރައީސް، ރައީސް ނަޝިދަށް އަމާޒުކޮށް އެއްޗެއް ގޮއްވާލި މައްސަލާގައި ތުހުމަތު ކޮށްފައިވާ 3 މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުން މިއަދު ދޫކޮށްލާފައި ވަނީ ފަހުމީ އަލީއާއި ޔާސީން އަދި އިޝްހާގު ނަމަކަށް ކިޔާ ތިން މީހުންނެވެ.

އެތިން މީހުންވެސް ހައްޔަރު ކޮށްފައި ވަނީ ނަޝީދަށް ދިން ޓެރަރިޒަމްގެ ހަމަލާއަށްފަހު ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަންއެއްގައެވެ.

ކުރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު މިއަދު ނެރުއްވާފައިވާ އަމުރެއްގައި ވިދާޅުވެފައި  ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކުރި ތިން މީހެއް ދޫކޮށްލުމަށް އަންގާފައެވެ.

އެމީހުން ހައްޔަރު ކޮށްފައި ވަނީ ހަރުކަށި ފިކުރާ ދެކޮޅަށް ކަމަށް ވިޔަސް ފަހުން ފުލުހުން ވަނީ ރައިސް ނަޝީދަށް ދިން ހަމަލާއައި އެމީހުންނާ ގޮޅުންވާކަމަށް ތުހުމަތުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އެ ތިން މީހުން ދޫކޮށްލި ސަބަބެއް އަދި ސާފެއްނުވެއެވެ.

ނަމަވެސް އެމީހުން ދޫކޮށްލިއިރު، އެމީހުންނާ ދެކޮޅަށް އެކަށީގެންވާވަރަށް ވަނީ ހެކިވެސް ލިބިފައެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި ރައީސް ނަޝީދަށް ދިން ޓެރަރިޒަމް ހަމަލާއާއި ގުޅުން ހުރި 8 މީހަކު ފުލުހުން ވަނީ ހައްޔަރު ކޮށްފައެވެ. ނަމަވެސް އޭގެ ތެރެއިން 3 މީހަކު މިއަދު މިވަނީ ކޯޓުން ދޫކޮށްލާފައެވެ.

އެހެންކަމުން ފުލުހުންގެ ބަންދުގައި މިހާރު ހުރި މި މައްސަލާގެ ތުހުމަތު ކުރެވޭ މީހުންނަކީ އަދުޙަމާއި، ތަހުމީންއާއި، މުޖާޒުގެ އިތުރުން ފާތިހްއާއި އަލީ ހައިޝަމްއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ