'ކޭޖީއެފް: ޗެޕްޓާ 2' ރިލީޒްކުރާ ދުވަސް ފަސްކޮށްފި!

ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓާ 2" ރިލީޒްކުރާ ދުވަސް ފަސްކޮށްފިއެވެ.

ކަންނާޑާ އެކްޓަރ ޔާޝް އާއި ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން ލީޑު ރޯލުން ފެނިގެންދާނެ މި ފިލްމްގެ ދެވަނަ ބައި ރިލީޒްކުރުން ފަސްކޮށްފައި މިވަނީ ކޮވިޑް-19 އާއި ގުޅިގެން ހުރި ހުރަސްތަކާއި ހެދިއެވެ. އެކަން ވަނީ ރަވީނާގެ އިތުރުން ފިލްމްގެ އެހެން ކާސްޓު މެންބަރުން އިއުލާންކޮށްފައެވެ.

ސަންޖޭ ދަތްވެސް މުހިއްމު ރޯލަކުން ފެނިގެންދާނެ މި ފިލްމް ރިލީޒްކުރުމަށް އެންމެ ފުރަތަމަ ތާވަލުކޮށްފައި އޮތީ މި މަހުގެ 16 ގައެވެ. ފިލްމް އެޅުވުން ފަސްކޮށްފައިވާއިރު، ފިލްމް ދެން އަޅުވާނެ ތާރީހެއް ފަހުން އިއުލާންކުރެވޭނެ ކަމަށް ރަވީނާ ކުރި ޕޯސްޓެއްގައި ވަނީ ބުނެފައެވެ.

'ކޭޖީއެފް: ޗެޕްޓާ 2' އަކީ 2018 ވަނަ އަހަރުގެ ނުކުތް 'ކޭޖީއެފް: ޗެޕްޓާ 1' ގެ ސީކުއަލް އެވެ. މި ފިލްމް ވެގެން ގޮސްފައިވަނީ ބޮޑު ހިޓަކަށެވެ.

މި ފިލްމްގައި ޔާޝް ފުރަތަމަ އަދާކޮށްފައިވާ ވަރުގަދަ ރޯލުން ދެވަނަ ބައިގައިވެސް ފެނިގެންދާއިރު، ފިލްމްގެ ކާސްޓާ އަލަށް ގުޅުނު ތަރިންނަކީ ރަވީނާ އާއި ސަންޖޭ ދަތް އެވެ. މި ފިލްމުގައި ރަވީނާ ކުޅެފައި ވަނީ ބޮޑުވަޒީރެއްގެ ރޯލެވެ. އަދި ސަންޖޭ ފެންނާނީ ފިލްމުގެ ވިލަންގެ ރޯލުންނެވެ.

ފިލްމްގެ ދެވަނަ ބައިގެ ޓީޒާއެއްވެސް މިހާރު ދައްކާލައިފައިވާއިރު، މި ކުޑަ ޓީޒާއަށް 190 މިލިއަނަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ