ސްކައިޑައިވަރުން ގޮވައިގެން ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި އެންމެން މަރުވެއްޖެ

ސުވިޑިންގައި ސްކައިޑައިވަރުން ގޮވައިގެން ދަތުރުކުރި މަތިންދާބޯޓެއް ވެއްޓި އޭގެން ދަތުރުކުރި ނުވަމީހުން މަރުވެއްޖެއެވެ.

މި މަތިންދާބޯޓު ވެއްޓިފައިވަނީ ރަންވޭ ކައިރިއަށް ކަމަށާއި ބޯޓުން ދަތުރުކުރި ސްކައިޑައިވަރުންގެ އަދަދަކީ އަށެއްކަމަށް ސުވިޑިންގެ ފުލުހުން މައުލޫމާތު ދެއެވެ. މިހާދިސާގައި މަރުވި ނުވަވަނަ މީހާއަކީ ބޯޓުގެ ޕައިލެޓެވެ.

ލޯކަލް މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި ވެއްޓުނު މަތިންދާބޯޓަކީ ޑީއެޗްސީ ޓޫ ބީވަރ މަރުކާގެ ކުޑަ މަތިންދާބޯޓެކެވެ. މި ބޯޓަކީ ސްކައިޑައިވިން ކުލަބަކުން ކުއްޔަށް ނަގައިފައިވާ ބޯޓެއް ކަމަށްވެސް ލޯކަލް މީޑިއާތަކުން މައުލޫމާތު ދެއެވެ.

މިހާދިސާއާއި ގުޅިގެން ސުވިޑިންގެ ބޮޑުވަޒީރު ސުޓެފަން ލޮވިއެން ހިތާމަފާޅު ކުރައްވާ ނިޔާވި ފަރާތްތަކުގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖު ފޮނުއްވައިފައެވެ. މިފަދަ އެހެން ހާދިސާއެއްގައި 2019 ވަނަ އަހަރުވެސްވަނީ ނުވަމީހުން މަރުވެފައެވެ.

އެފަހަރު އެހާދިސާ ހިނގައިފައިވަނީ އެކަށީގެންވާވަރަށްވުރެ ގިނަ އަދަދަކަށް މީހުން އަރުވައިގެން ދަތުރުކުރުމުންކަމަށް ތަހުގީގީ ރިޕޯޓުންވަނީ ދައްކައިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ