ފިލްމް އިންޑަސްޓްރީގެ އެންމެ އުހުގައި ފިޔަޖަހަމުން އަންނަ ކުޅަދާނަ އެކްޓަރު ޢަލީ އާޒިމް (ދޮން އައްޔަ)، އާއި އޭނަގެ އަންހެނުންނަށް އަލަތު ދަރިފުޅު ލިބެން އުޅޭކަން ހާމަކޮށްފިއެވެ.
މި އުފާވެރި ހަބަރު ދޮން އައްޔަ ހާމަކުރީ އޭނާގެ މީސްމީޑިއާ އެކައުންޓްތައް މެދުވެރިކޮށެވެ. އިންސްޓަގްރަމްގައި މިކަން އިއުލާންކޮށް ދޮން އައްޔަ ހިއްސާކުރި ޕޯސްޓެއްގައި ބުނީ، ދަރިފުޅު ދެކިލަން އޭނާ ހުރީ ކެތްމަދުވެފައި ކަމަށެވެ.
އަންހެނުންގެ ބަނޑަށް މިހާރު 4 މަސްވެފައިވާއިރު، ދޮން އައްޔަ އާއި އޭނަގެ އަންހެނުން ޒަވާޖީ ހަޔާތެއް ފެށީ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 6 ގައެވެ.
ދޮން އައްޔަ އަކީ، މިވަގުތު ދިވެހި ފިލްމް އިންޑަސްޓްރީގައި ހުރި އެންމެ ވާރސަޓައިލް އެކްޓަރެވެ. އެގޮތުން ނުވަވަނަ ދިވެހި ފިލްމް އެވޯޑްސްގައި، ފިލްމް "ދެވަންސޫރަ"ގައި ދޮން އައްޔަ ދެއްކި އެކްޓިން އަށް ޖޫރީ ސުޕެޝަލް އައުޓްސްޓޭންޑިން ޕާފޯރމެންސް އެވޯޑް ވަނީ ލިބިފައެވެ.
ދޮން އައްޔަ ފެނިގެންގޮސްފައިވާ ބެލުންތެރިންގެ ތަރުހީބު ލިބުނު އެންމެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި، ނޯޓީ ފޯޓީ، ފޯޓީ ޕްލަސް، ދެވަންސޫރަ، އަދި ހައްދު ފާހަގަކޮށްލެވެއެވެ.




