އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން އަނެއްކާވެސް ފުރުސަތު ލިބިއްޖެ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ގްރޫޕްގެ މެޗުތައް އަންނަ މަހު ހޯސްޓްކުރުމުގެ ފުރުސަތު އަނެއްކާވެސް ރާއްޖެއަށް ލިބިއްޖެއެވެ. ގްރޫޕް ސްޓޭޖުގެ އިތުރުން މުބާރާތުގެ ގްރޫޕް ސްޓޭޖަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް މެޗުވެސް ބޭއްވުމުގެ ފުރުސަތުވެސް ރާއްޖެއަށް ވަނީ ލިބިފައެވެ.

މި ފިރުސަތު ލިބިފައި މިވަނީ އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން ބިޑްކޮށް، އަނެއްކާވެސް ބިޑް ކާމިޔާކުރުމަށްފަހުއެވެ. އަދި ރާއްޖެއިން މި ބިޑު ކާމިޔާބުކޮށްފައިވަނީ ބަންގްލަަދޭޝް އާއި އިންޑިޔާ އާއި ވާދަކޮށްގެންނެވެ.

އޭއެފްސީން އިއުލާނުކޮށްފައިވާ ތާރީހުތަކުގެ ތެރެއިން، އަންނަ މަހު 15 ގައި ޕްލޭއޮފް މެޗުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލު ކުރާނެ އެވެ. އަދި އޭއެފްސީ ކަޕުގެ ގްރޫޕް ޑީގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އޯގަސްޓް 18، 21، އަދި 24 ގައެވެ.

ކޮވިޑް-19 އާ ގުޅިގެން ގުރޫޕު ސުޓޭޖް ސެންޓްރަލައިޒްކޮށް ކުޅެން މިދިޔަ އަހަރު ހަމަޖެއްސި ފަހުން މިއީ މިދިޔަ އެއްއަހަރު ތެރޭ، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު މެޗުތައް ބާއްވަން ރާއްޖެއިން ބިޑު ކުރި ތިން ވަނަ ފަހަރެވެ. ކުރިން ބިޑު ހުށަހެޅި ދެ ފަހަރު ވެސް ރާއްޖެއިން ވަނީ ބިޑު ކާމިޔާބުކޮށްފަ އެވެ.

އެންމެ ފުރަތަމަ ރާއްޖެއިން ބިޑުކުރީ އޭއެފްސީ ކަޕް 2020 ގެ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕު ސުޓޭޖު މެޗުތައް ހޯސްޓް ކުރުމަށްނަމަވެސް އޭއެފްސީ ކަޕްގައި ކުޅޭ އެހެން ޒޯންތަކުގެ މެޗުތައް ހޯސްޓް ކުރެވޭނެ ހާލަތެއް ގައުމުތަކުގައި ނެތުމުން، އޭއެފްސީ އިން އޭރު ނިންމީ މިދިޔަ އަހަރުގެ މުބާރާތް ކެންސަލް ކުރުމަށެވެ.

ދެ ވަނަ ފަހަރަށް ރާއްޖެއިން ބިޑު ހުށަހެޅީ، މި އަހަރު ގުރޫޕު ސުޓޭޖު މެޗުތައް ހޯސްޓު ކުރުމަށެވެ. އެފަހަރުވެސް އިންޑިއާއާއި ވާދަކޮށް ރާއްޖެއިން ބިޑު ކާމިޔާބުކޮށް، މެއި މަހު ރާއްޖޭގައި ގުރޫޕު ސުޓޭޖު ކުޅެން ތައްޔާރުވި އެވެ. ނަމަވެސް އޭއެފްސީ ކަޕް ޕްލޭއޮފްގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅެން އައި އިންޑިއާގެ ބެންގަލޫރު އެފްސީން ކޮވިޑްގެ ޕްރޮޓޮކޯލް މުގުރާލައި އެ ޓީމުގެ ގެ ބައެއް ކުޅުންތެރިން ހޮޓަލުން ބޭރަށް ނުކުތް މައްސަލަ ފެންމަތިވުމުން، އެ ޓީމު ރާއްޖެއިން ފުރުވާލަން ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހްލޫފް އެފްއޭއެމްއަށް އެންގުމުން، އެފްއޭއެމުން އެ މައްސަލަ އޭއެފްސީގެ ސަމާލުކަމަށް ގެނައެވެ. އަދި އެންމެ ފަހުން އޭއެފްސީން ނިންމީ ދެކުނު އޭޝިއާ ޒޯންގެ ގުރޫޕް ސްޓޭޖު ފަސް ކުރުމަށެވެ.

ރާއްޖެއިން މުބާރާތުގެ މެޗުތައް ހޯސްޓު ކުރުމަށް ބިޑު ނުކުރާނެކަމަށް ނިންމި ނަމަވެސް، ރާއްޖެއިން ފަހުން ބިޑުގައި ބައިވެރިވީ ދިވެހި ފުޓުބޯޅައަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ވުމަށް ކަމަށް ށް ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާގެ ރައީސް، ބައްސާމް އަދީލް ޖަލީލް ވިދާޅުވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ