ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް، އޮލިމްޕިކްސް ރަސްމީކޮށް ފަށައިފިއެވެ.
ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން މިދިޔައަހަރު ނުބޭއްވުނު، "ޓޯކިޔޯ އޮލިމްޕިކްސް 2020" ރަސްމީކޮށް ފަށައިފައިވަނީ ހުކުރު ދުވަހުގެ ރެއެވެ.
އެހެން އަހަރުތަކުގެ މުބާރާތްތަކުގެ ފެށުމާއި ހިލާފަށް މިއަހަރުގެ މުބާރާތުގެ ފެށުމުގައި މާބޮޑު ކުލަގަދަ ހަރަކާތްތަކެއް ހުށަހަޅައިދީފައެއް ނުވެއެވެ. މިހެންނަމަވެސް ބަޑިބޭހުގެ ކުޅިވަރުތަކާއި ޓީވީއިން ދުރަށް ދެއްކުމަށް ނެށުމުގެ ހަރަކާތްތަކެއް ގެނެސްދީފައި ވެއެވެ.
It's on! ???? pic.twitter.com/3cgHVvpyZy
— Olympics (@Olympics) July 23, 2021
ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމެޓީގެ ރައީސް ތޯމަސް ބެޗް، ވިދާޅުވީ މިއަދަކީ އުންމީދުގެ ވަގުތުކޮޅެއް ކަމަށާއި އުންމީދުކުރިފަދަ މުބާރާތެއް ނޫންކަން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް، މިފަދަ ދަނޑިވަޅެއްގައި މުބާރާތް ބޭއްވޭކަންމައްޗަށް އުފާކުރާކަމަށް ވިދާޅުވިއެވެ.
އެހެން ފަހަރުތަކާއި ހިލާފަށް މިއަހަރުގެ އޮލިމްޕިކް މުބާރާތް ކުރިއަށް ދާއިރު އެއްވެސް ވަރަކަށް ބެލުން ތެރިން ނުވައްދާނެއެވެ.




