ގިނަ ބަޔަކު އިންތިޒާރުކުރަމުން އަންނަ ސީރީޒް، "ލުސިފާ" ސީޒަން ހައެއްގެ ޓީޒާއެއް ދައްކާލައިފިއެވެ.
ނެޓްފްލިކްސް އިން މިހާރު ގެނެސްދެމުން އަންނަ މި މަޤުބޫލު ސީރީޒްގެ ހަވަނަ ސީޒަންގެ ޓީޒާއެއް ދައްކާލައިފައިވާއިރު، މިއީ މި ސީރީޒްގެ އެންމެ ފަހު ސީޒަންވެސް މެއެވެ. އެހެންކަމުން ފޭނުން އަންނަނީ މި ސީޒަނަށް ވަރަށް ބޮޑަށް އިންތިޒާރުކުރަމުންނެވެ.
ސީޒަން ހައެއްގެ ޓީޒާ އިން ފެނިގެންދަނީ ފުރަތަމަ ސީޒަން އިން ފެށިގެން ސީޒަން ފަހަކާ ހަމައަށް ހިނގާދިޔަ ކަންތައްތަކުގެ ކުޑަ ހުލާސާއެކެެވެ. ލުސިފާ ގެ ހަވަނަ ސީޒަން ދައްކަން ފަށާނީ ސެޕްޓެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
2016 ވަނަ އަހަރު ފޮކްސް އިން ދައްކަން ފެށި މި ސީރީޒްގެ ތިން ސީޒަނަށްފަހު ފޮކްސް އިން މި ޝޯ ވަނީ ކެންސަލު ކޮށްފައެވެ. އޭގެ ފަހުން ނެޓްފްލިކްސް އިން ވަނީ ހަތަރު ވަނަ ސީޒަނުން ފެށިގެން ޝޯ އަލުން ދައްކަން ފަށައިފައެވެ.




