އެހާ ލޯބިން ގެންގުޅުނު ބުޅާ މަރުވުމުން ބަތޫލްގެ ހިތް ކުދިކުދިވެފައި!

ރާއްޖޭގެ ޒުވާން ލަވަކިޔުންތެރިޔާ  ބަތޫލް އަހްމަދަކީ ބުޅާދެކެ ލޯބިވާ ފަންނާނެއްކަން އޭނަގެ މީސްމީޑިއާ އެކައުންޓަށް ބަލާލުމުން އެނގިގެންދެއެވެ. ބަތޫލް ވަރަށް ލޯބިން ގެންގުޅުނު އޭނަގެ ލޯބިވާ ބުޅާ، "އައިރިސް" މަރުވި ހަބަރު ދާދިފަހަކުން މިވަނީ ހާމަކޮށްފައެވެ. އަދި "އައިރިސް" މި ދުނިޔެ ދޫކުރުމުން ބަތޫލް ކުރި ފުން ހިތާމައިގެ ވާހަކަ އޭނާ ދާދިފަހަކުން މިވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ.

މި ހަބަރު އިއުލާންކޮށް ބަތޫލް މީގެ ދެ ދުވަސް ކުރިން އިންސްޓަގްރަމްގައި ކުރި ޕޯސްޓެއްގައި ބުނީ، އޭނާގެ އިހްސާސްތައް މިވަގުތު ބަސްތަކުން ކިޔައިދޭން ނޭނގޭ ކަމަށާއި، އޭނާގެ ހިތް ވަނީ ކުދިކުދިވެފައި ކަމަށެވެ. ބަތޫލް ވަރަށް އަސަރާއެކު ލިޔެފައިވާ މި މެސެޖުގައި ބުޅާ ދެކެ އޭނާ ލޯބިވާވަރަށް ހާމަވެއެވެ.

މި ޕޯސްޓުގައި ބަތޫލް ވަނީ، އެ ބުޅަލުގެ ފޮޓޯތައް ހިއްސާކޮށްފައެވެ. މި ފޮޓޯތަކަކީ އެކި ދުވަސްދުވަހު އޭނާ ނަގައިފައިވާ އެ ބުޅަލުގެ ހަންދާންތަކެކެވެ. މި ފޮޓޯތަކުގައި ބަތޫލް އާއި އެ ބުޅާ އެކުގައި ނަގައިފައިވާ ފޮޓޯތައް ވެސް ހިމެނެއެެވެ.

ބަތޫލް ބުނީ، އެ ބުޅާ އޭނަގެ ހަޔާތައް އުފާވެރިކަން ގެނެސްދިން ކަމަށާއި، އެކުގައި ހޭދަކުރެވުނު ދުވަސްތައް މަތިން ވަރަށް ހަނދާންވާކަމަށެވެ. އަދި ކޮންމެ ދުވަހަކު އެ ބުޅަލާއެކު ހޭދަވާ ވަގުތުތަކަކީ އެ ދުވަހެއްގެ އެންމެ ފުރިހަމަ ވަގުތުތައް ކަމަށެވެ.

ބަތޫލް ބުނީ، "އައިރިސް" ގެ ވަކިވުމަކީ ކުއްލި ވަކިވުމެއް ކަމަށާއި، އަދި އައިރިސް ސަލާމަތްކޮށްދެވެން ކުރެވެންހުރި ހުރިހާ ކަމެއް އޭނާ ކޮށްފައިވާ ކަމަށެވެ. އައިރިސް މަރުވި ސަބަބު ބަތޫލް ހާމަނުކުރިނަމަވެސް، ބަތޫލް ބުނީ، ޖަނަވާރުންނަށް ފަރުވާދިނުމަށް ހާއްސަ ކްލިނެކެއް ހުރިނަމަ ނުވަތަ ސިއްހީ އެހީތެރިކަން ލިބުނު ނަމަ އެ ބުޅާ ސަލާމަތް ކުރެވިދާނެ ކަމަށް ޤަބޫލުކުރެވުމުން އަދިވެސް ދެރަވާ ކަމަށެވެ.

ބަތޫލްގެ މި ފުން ހިތާމައިގައި ގިނަ ފޭނުންތަކެއް ބައިވެރިވިއިރު، ރާއްޖޭގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީރާވެސް ވަނީ ބަތޫލް އަށް ހިތްވަރު ދީފައެވެ. މީރާ އަކީވެސް، ގޭގައި ބުޅާ ގެންގުޅޭ، އަދި ބުޅާ ދެކެ ލޯބިވާ ފަންނާނެކެވެ.

މިލިޔުން ކިޔާލުމުން
361
ގުޅުންހުރި ލިޔުންތައް

3 Responses

  1. ީިިީ މާސް

    ބުޅަލެއް މަރު ވުމަކުން ދެރަވާނެ ކަމެއް ނެތް. ކޮންމެ ކަމެއް ވެސް ވާނީ ރަނގަޅަކަށް.

  2. ޥަނޮޅު

    ބުޅާ މަރުވުމުން ދެރަވާނެ ކަމެއް ނެތް.އަވަހަށް ބުރުގާ އަޅާ ނިވާވޭ.

    2
    1
  3. ފޫހި

    ބަތޫލ ހަމ ތިޔަކަހަލ ބުޅަލެއ މަގުމަތިނ ލިބިދާނ އުޅ ފާޑެއ.

    3
    1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ