ކޮވިޑް ޖެހުނު މީހުންގެ އަދަދު 200 މިލިއަނުން މައްޗަށް

މުޅިދުނިޔޭގައި ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 200 މިލިއަނަށް އަރައިފިއެވެ.

ކޮވިޑް-19 އާއި ބެހޭ މަޢުލޫމާތުތައް ހާމަކުރާ ބައިނަލްއަޤުވާމީ އިދާރާތަކުން ނެރެފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިހާތަނަށް ދުނިޔެއިން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދަކީ 200,304,173 އެވެ. އަދި މިބަލީގައި 4,259,667 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. އަދި  މިހާތަނަށް ކޮވިޑް-19 އިން ރަނގަޅުވެފައި ވަނީ، 180,563,688 މީހުންނެވެ.

މިހާތަނަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެ އަދި ކޮވިޑް ޖެހިގެން މަރުވެފައި ވަނީ އެމެރިކާ އިންނެވެ. އެމެރިކާ އިން މިހާތަނަށް 36 މިލިއަން މީހުން ކޮވިޑަށް ފައްސިވެ، ހަލައްކައަށްވުރެ ގިނަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

ދެވަނަ އަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ފައްސިވެފައި ވަނީ އިންޑިއާ އިންނެވެ. އިންޑިއާ އިން 31.7 މިލިއަން މީހުން ކޮވިޑަށް ފައްސިވެ ހަތަރު ލައްކަ މީހުން ކޮވިޑް ޖެހިގެން މަރުވެފައި ވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ