ކައިވެނި ހަފްލާއެއްގައި ބައިވެރިވާން ދިޔަ ބަޔަކު ހޮނު އެޅުމުގެ ސަބަބުން މަރުވެއްޖެ

ކައިވެނި ހަފްލާއެއްގައި ބައިވެރިވާން ދިޔަ ބަޔެއްގެ ތެރެއިން 17 މީހުން ހޮނު އެޅުމުގެ ސަބަބުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގައިފައިވަނީ ބަނގުލަދޭޝްގައެވެ. މިހާދިސާގައި 17 މީހުން މަރުވުމުގެ އިތުރުން 14 މީހަކުވަނީ ޒަހަމްވެފައެވެ. ޒަހަމްވި މީހުންގެ ތެރޭގައި ކައިވެނި ކުރުމަށް ދިޔަ ފިރެހެނާވެސް ހިމެނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ހޮނުއެޅުމުގެ ހާދިސާ ހިނގައިފައިވަނީ ކައިވެނި ކުރާ އަންހެން ކުއްޖާގެ ގެޔަށް ދިޔުމަށް ކޯރެއް ހުރަސްކޮށް ބޯޓެއްގައި ދަތުރުކުރަމުން ދަނިކޮށެވެ. މިހާދިސާ ހިނގިއިރު މި ބޯޓުގައި ކައިވެނިކުރާ އަންހެން ކުއްޖާ ހުރިކަމަކަށް ނުވެއެވެ.

ކޮންމެ އަހަރަކުވެސް ހޮނުއެޅުމުގެ ތަފާތު ހާދިސާތަކުގައި ދެކުނު އޭޝިއާއިން އެތައްސަތޭކަ ބަޔަކު މަރުވެއެވެ.

2016 ވަނަ އަހަރު މެއިމަހުގެ ތެރޭ އެކަނިވެސް ބަންގުލަދޭޝްގައި ހޮނުއެޅުމުގެ ސަބަބުން 200 އަށްވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. އަދި ހަމަ މިމަހުގެ އެއްދުވަހެއްގައި އެކަނިވެސް 82 މީހުން މަރުވެފައި ވެއެވެ.

ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މީހުން ދިރިއުޅޭ ސަރަހައްދު ތަކަށް ހޮނުއެޅުމުގެ ހާދިސާތައް އިތުރުވެގެން ގޮސްފައިވަނީ ބޮޑެތި ޖަންގަލިތައް ހަލާކު ކުރުމުގެ ސަބަބުން މީގެކުރިން ހޮނުއެޅި ބޮޑެތި ގަސްތައް ނެތުމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ