ގަދަ ވަޔާއެކު ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލައިލައިފި

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި، ހދ ކުޅުދުއްފުއްޓަށް ޖެހުނު ގަދަ ވަޔާއެކު ގެއެއްގެ ފުރާޅު އެއްލައިލައިފިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އެރަށް ޖެހުނު ގަދަ ވަޔާއެކު އެ ގޭގެ ފުރާޅު އެެއްލާލައިފައި ވަނީ މިއަދު 07:00 ހާއިރު ކަމަށެވެ. އަދި ފުރާޅު އެއްލައިލުމުގެ ސަބަބުން އެމްއެންޑީއެފް އިން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.

އެހީތެރިކަން ފޯރުކޮށްދީފައި ވަނީ އެމްއެންޑީއެގް ނޮދަން އޭރިއާގެ ސިފައިންނާއި، ރަށު ކައުންސިލު ގުޅިގެންނެވެ. އަދި މިހާރު ވަނީ އެ ގޭގެ ފުރާޅު ރަނގަޅު ކޮށްދީ، އާންމު ހާލަށް ގެނެސްދެވިފައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތު ދެއެވެ.

މިއަދު އުތުރުގެ އެކި ހިސާބުތަކަށް އަންނަނީ ގަދަ ވަޔާއެކު ވިއްސާރަކުރަމުންނެވެ. ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކޮށް، މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވިދާޅުވީ، އުތުރުގެ ބައެއް ރަށްތަކަށް ގުގުރުމާއެކު، ވިއްސާރަކުރުން އެކަށީގެންވާ ކަމަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ